ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތި ރޮޒައިނާއަށް: ޓްވީޓް ނުކޮށް އައިސް ދައްކަވަން ބޭނުންވާ ވާހަކައެއް މަޖިލީހުގައި ދައްކަވާ!

ފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޖަލްސާއަށް ވަޑައިނުގަންނަވާކަަމަށް ފާހަގަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ މުސްތަގުބަލަށްޓަކައި އެމްޑީޕީ ބަލިވާންޖެހޭކަަމަށް އިމްތިޔާޒް ވިދާޅުވާ ވީޑިއޯއެއް ޝެއަރކުރައްވާ ރޮޒައިނާވަނީ އޭނާއަށް ރައްދު ދެއްވާފައެވެ. އެގޮތުން ރާއްޖޭގެ މުސްތަގުބަލަށްވުރެ އިމްތިޔާޒްއަށް ޑިމޮކްރެޓްސްގެ މުސްތަގުބަލު މުހިންމުކަމަށް ފެނިގެންދާކަމަށާއި އެކަމާއި ހިތާމަކުރައްވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް މަސައްކަތް ކުރެވޭނީ ގައުމު ސަލާމަތްކޮށްގެންކަމަށާއި އެހެންނަމަވެސް އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ގައުމުގެ ގަންބާލުން އިމްތިޔާޒް އަދި އޭނާ އާއި އެއްވިސްނުމުގެ މީހުންނަށް “އޯކޭ” ކަމަށާއި އެކަމަކީވެސް ހިތާމަވެރިކަމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ދެއްކެވި ވާހަކަތަކަށް އަލިއަޅުއްވައި އިމްތިޔާޒްވަނީ އޭނާ އެ ވާހަކަތައް ދައްކަވަމުންދަނީ ނުބައި މައިދާނެއްގައިކަމަށް ސިފަކުރައްވާފައެވެ. އެހެންކަމުން ގައުމުގެ ވާހަކަ ދެއްކެވުމަށް ރޮޒައިނާ މަޖިލީހުގެ ތަޅުމަށް ވަޑައިގަތުމަށް އިމްތިޔާޒް އިލްތިމާސް ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބީއެއް ލިބިވަޑައިގެންނެވި ފަހުން، ރޮޒައިނާ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރައްވާކަމަށެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: