ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުދީ ޒިންމާ އަދާކޮށް ރަޖިސްޓްރީ ކަށަވަރުކުރޭ: ހަބީބު

އިސްމާއީލް ހަބީބު އީސީގެ ނައިބު ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓުލުމުގެ ކުރިން ރެޖިސްޓްރީ ކުރެވިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރު ސެޕްޓެމްބަރު 30 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރީ ރެޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. ހަބީބު ސޯޝަލްމީޑިއާއަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކޮންމެ މީހަކުވެސް އަމިއްލައަށް ރެޖިސްޓްރީވެފައިވާ ތަނަކީ ކޮބައިކަން ބަލައި ކަށަވަރުކުރުމުގެ ފަރުދީ ޒިންމާ އަދާކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ހަބީބު ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރަށް ރީރެޖިސްޓްރީ ކުރުމަށް ޖުމުލަ ހުށައަޅާފައިވަނީ 50،047 މީހަކުކަމަށާއި، އެގޮތުން އޮންލައިންކޮށް 26،011 އަދި ފޯމު ގޮތުގައި 24،036 މީހަކު އެ ހިދުމަތަށް އެދިފައިވާއިރު، އޮންލައިންކޮށް އެދުނު މީހުންގެ ތެރެއިން ސައްހަކަން ކަށަވަރު ކުރެވުނީ 20،902 ހުށައެޅުމެއްކަމަށާއި ފޯމުތަކުގެ ތެރެއިން ސައްހަކަން ކަށަވަރު ކުރެވުނީ 17861 ފޯމެއްގެކަމަށާއި ޖުމުލަކޮށް 38763 ފޯމެއްގެ ސައްހަކަން ކަށަވަރުކުރެވުނުކަމަަށެވެ.

އޭނާ ވިދާޅުވީ،  ކަށަވަރު ނުވީ އޮންލައިކޮށް ހުށައެޅި 5109 މީހުންގެ އިތުރުން ކަރުދާހުގައި ހުށައެޅުނު 6175 ފޯމުކަމަށެވެ. ޖުމުލަކޮށް 11284 ފޯމެއްގެ ސައްހަކަން ކަށަވަރު ނުވާކަމަށާއި އެއީ ފޮޓޯއިން މީހާ ކަށަވަރު ނުވުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓު ހުށައެޅުން އަދި ދެ ނިޒާމުން ތަކުރާރުކޮށް ހުށައެޅުމުގެ އިތުރުން ފިންގާރޕްރިންޓު ނެތުން ފަދަ މައްސަލަތަކުގެ ސަބަބުން ކަށަވަރު ނުވި ފޯމުތައްކަަމަށެވެ.

ހަބީބު ވިދާޅުވީ، ގުޅާނެ ފޯނު ނަމްބަެއް ނެތުމުގެ އިތުރުން މުއްދަތު ހަމަވެފައިވާ ލިއެކިއުންތައް ހުށައެޅުން ފަދަ ސަބަބުތައްވެސް ހިމެނޭކަމަށެވެ. އެހެންނަމަވެސް އެ ފޯމުތަކުގެވެސް ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނަށް ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދިންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: