ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ ސިފައިން ބޭރުކުރުމަކީ މާ އުނދަގޫ ކަމެއްނޫން އެކަން ކުރާނީ އަޅުގަނޑު”: ޑރ. މުއިއްޒު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ދިވެހި ގައުމުން ބޭރުކުރުމަކީ މާ އުނދަގޫ ކަމެއްނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ގިރާވަރު ކޮމިއުނިޓީއާއި ބައްދަލު ކޮށް މޭލޭގައި ރޭ ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ އިންޑިޔާ ސިފައިން ބޭލުމަކީ އުނދަގޫކަމެއްނޫން ކަމަށާއި، މި ކަމަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ.

50 ޕަސެންޓާއި އެއްވޯޓޫންވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށާއި، އެހެންކަމުން ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ. އެކަމަށް ރައްޔިތުން އާއެކޭ ބުނުމަށާއި، އެކަމަށް އާއެކޭ ބުނެފި ނަމަ އެއީ އިންޑިޔާ ސިފައިން ރާއްޖޭއިން ބޭލުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމުގައެވެ. މި ކަމަކީ ދިވެއްސަކަށްވާތީ ކޮންމެ ރައްޔިތަކުންވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

“މިއޮތީ ގައުމަށްޓަކާއި ތެދުވާންވީ ވަގުތު ޖެހިފަ. މިއަދު އަޅުގަނޑުމެން ތެދު ނުވެއްޖިއްޔާ މާދަމާ ތެދުވާނެ ރާއްޖެއެއް ނޯންނާނެ. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެން އަނބުރާ ހޯދަންޏާއި، ލިބޭ ފުރުސަތު މިއޮތީ ދާދިި ކައިރީގަ. 30 ވަނަ ދުވަސް ދެވަނަ ފަހަރަކަށް އަނބުރާ ނާއަނާނެ.” މުއިއްޒު 

އިންޑިއާގެ މިލިޓަރީ ސިފައިން މި ގައުމުގައި ތިބުމާ ދެކޮޅަށް ގިނަ ގިނަ ބަޔަކު އަޑު އުފުލަމުން އަންނައިރު، ސަރުކާރުގެ ބައެއް ބޭފުޅުން ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ނަމަވެސް ޑރ. މުއިއްޒު ވިދާޅުވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިފައިންބޭރު ކުރާނެ ކަމަށާއި، އެކަން ކުރުމަކީ އެއީ އެމަނިކުފާނަށް އެހާ އުނދަގޫ ކަމެއްނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: