ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަ ދޭން ލޯނު ނަގާ ބަޔަކަށް ދެވަނަ ދައުރެއް ދޭން ބޭނުން ނޫންކަން ރައްޔިތުން ބުނެފި: އަބްދުއްރަހީމް

އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މުހައްމަދު އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރަ ދިނުމަށް ލޯނު ނަގާ ސަރުކާރަކަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާކަން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުން ރައްޔިތުން އަންގައިދީފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ މާލީ ކަންކަން ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތައް ވެފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހިތަށް އެރިހާ ވައުދެއް ވެގެން 2018 ވަނަ އަހަރު ވެރިކަން ކާމިޔާބުކޮށް ދައުރު ނިމުމުން އެ ދައުރުގެ ވައުދުތައް ފުއްދުމަށް ދެވަނަ ދައުރެއް ދިނުމަށް ބުނަމުންދާކަމަށާއި ދެވަނަ ދައުރެއް ދެވެން ނެތްކަމަށް ރައްޔިތުން ބުނެފައިވާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ކާބަފައިން ލެޔާއި ދާ އޮހޮރުވައިގެން ފޯރުކޮށްދީފައިވާ ދިވެހިރާއްޖެ އެހެން ބައެއްގެ އަތް މައްޗަށް ގެއްލިގެންދާތަން ބަލަން ނުތިބޭނެކަމަށްވެސް ރައްޔިތުން ބުނެފައިވާކަމަށެވެ.  ރައްޔިތުން އެކަމަށް އިޖާބަ ނުދޭނެކަން އަންގައިދީފައިވާކަމަށާއި ޒުވާނުން ނުކުމެ ވޯޓުލީ ޝަހީދު ހުސައިން އާދަމްގެ ހަނދާންތަކުން ހިތްވަރު ލިބިގެންކަމަށް ވިދާޅުވިއެވެ.

ވޯޓު ލީއިރު، ބާޤީން އެރި ހަނދާން އާކުރިކަމަށާއި ފެނިގެންދިޔައީ ޝަހީދު ހުސައިން އާދަމް އެ ދުވަހު އޮހޮރާލި ލޭގެ އަސަރުތައްކަމަށްވެސް ވިދާޅުވިއެވެ. އަބްދުއްރަހިމް ވިދާޅުވީ، ފުރަތަމަ ބުރުގައި ރައްޔިތުންވަނީ އެ އަސަރުން ހިތްވަރު ލިބިގެން ރައީސް ސާލިހަށް ނޫނެކޭ ބުނެފައިކަމަށެވެ.

ދިވެހިން ދަރަނި ދަންތުރައެއްގައި ޖެހިފައި ތިބެން ބޭނުން ނުވާ ވާހަކަވެސް ވޯޓުން ބުނެދީފައިވާކަމަށް އަބްދުއްރަގީމް ވިދާޅުވިއެވެ. އަދި އެއް ގައުމަކުން ލޯނު ނެގި ނެގީނުން ގޮސް ގެއިން ބޭރަށް ނުނުކުމެވޭ މިންވަރަށް ދަރުވާލާފައިވާ މީހަކަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާކަންވެސް ރައްޔިތުން ބުނެދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލޯނު ނަގައިގެން މީހުން ކުރާ މަސައްކަތްތައް ފެނިފައިވާކަމަށާއި މުސާރަ ދިނުމުގެ ނަމުގައި ލޯނު ނަގާ މީހުންނަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާކަމަށްވެސް ރައްޔިތުން އަންގައިދީފައިވާކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، ލޯނު ނަގައިގެން ކޮށްފައިވާ އަތްލެވޭ މަސައްކަތްތަކެއް ހުރިކަމަށް ރައްޔިތުން ބުނެފައިވާކަމަށާއި އެ މަސައްކަތްތައް ފެންނަން ހުރި އިރު، ރައީސް ސާލިހު ލޯނު ނަންގަވައިގެން ކުރައްވާފައިވާ މަސައްކަތެއް ހޯދާ ހޯދާ ނުފެނުނުކަމަަށް ވޯޓުން ބުނެދީފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: