ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރު ކުޅެވޭނެ ގޮތް ހޯދައިދިނީ ރައީސް ސޯލިހު: މަހުލޫފް

ހަންގްޒޫ 4 ވަނަ އޭޝިއަން ޕެރެލެމްޕިކް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ފަރާތްތަކާއި މިިނިސްޓަރު އަހުމަދު މަހުލޫފް /ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރު ކުޅެވޭނެ ގޮތް ހޯދައިދިން ސަރުކާރެއް ކަމަށް ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެވޭނެ ގޮތްވެސް ހޯދާއިދީފައި ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މިފަދައިން ރައީސް ސޯލިހު ވިދާޅުވީ މިއަހަރު އޮކްޓޯބަރު މަހުގެ 22 އިން 28 އަށް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަންގްޒޫ 4 ވަނަ އޭޝިއަން ޕެރެލެމްޕިކް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ފަރާތްތަކާއި، ބައްދަލު ކުރައްވައެވެ.

ހަންގްޒޫ 4 ވަނަ އޭޝިއަން ޕެރެލެމްޕިކް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ފަރާތްތަކާއި މިނިސްޓަރު މަހުލޫފް ބައްދަލުކުރެއްވުންގެ ތެރެއިން….

“ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް އޭޝިއަން ޕެރަލިމްޕިިކް ގޭމްސްގައި ބައިވެރިވާ ޓީމާއި ބައްދަލުކޮށްލުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް. މިގޭމްސްގައި ބެޑްމިންޓަން އަދި އެތުލެޓިކްސްގައި ނުކުޅެދުންތެރިކަން ހުންނަ ހިތްވަރުގަދަ އެތުލީޓުން ދިވެހިރާއްޖެ ތަމްސީލުކުރާނެ.” މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ފާހގަކުރައްވަނީ ރައީސް ސޯލިހުގެ ސަރުކާރުންވަނީ ފެރަލިމްޕިކް ކޮމިޓީ އަދި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އުފައްދާފަކަމަށެވެ. އެއީ ބާކީވެފައިތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސައެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބައިނަލްއަޤުވާމީ މުބާރާތްތަކުގައި އަދި ޤައުމީ ފެންވަރުގައި ކުޅިވަރު ކުޅެ ވާދަކުރެވޭނެ މަގު ފަހިކޮށްދެވުން  ގެނެސްދެއްވި އެންމެ ބޮޑު އެއް ބަދަލު ކަމަށެވެ.

ޔޫތު މިނިސްޓަރު ކަމުގެ މަގާމާއި، އަހުމަދު މަހުލޫފް ހަވާލުވީ މި ސަރުކާރުގައެވެ. ކުޅިވަރުގެ ރޮގުން މުޅި ރާއްޖެ އަށް އިންގިލާބެއް ގެންނަވާނެ ކަމަށް ވިދާޅުވެ މަހުލޫފް ވަނީ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ފުޓްބޯޅަ ދަނޑުތަކާއި ޒުވާނުންނަށް ކުޅިވަރުގެ ރޮގުން އެހެނިހެން ކުރިއެރުންތައްވެސް ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: