ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯއްޗާއި ފަޅުރަށްތަކެއް ލިބުނުކަމަށް ދައްކާ ވާހަކައިގެ ހަގީގަތް ހާމަ ކުރަން ތައްޔާރު: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް/ ފޮޓޯ: އެމްޑީޕީ ހިނގާލަން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯއްޗާއި ފަޅުތަކެއް އޭނާގެ މިލްކިއްޔާތުގައިވާ ކަމަށް ފަތުރާ ވާހަކަޔާއި ގުޅިގެން އެކަން ބަލައިދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައީސް އޮފީހުގެ އިތުރުން ހަތަރު ކައުންސިލަކަށް ސިޓީ ފޮނުވައިފިއެވެ.

އެގޮތުން މެމްބަރު ރޮޒައިނާ ސިޓީ ފޮނުއްވާފައިވަނީ ރައީސް އޮފީހަށާއި، އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ހައްދުންމަތީ ގަމު ކައުންސިލަށާއި، ށ. އަތޮޅު ކައުންސިލް އަދި އދ. އަތޮޅު ކައުންސިލަށެވެ.

ރޮޒައިނާ ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ފާހަގަ ކޮށްފައިވަނީ ރައީސް އޮފީހުގައި އޮންނަ ބަދަލުދޭ ކޮމެޓީއަކުން ގެއްލުމުގެ ބަދަލަކަށް 2 ރަށާއި، ފަޅަކާއި، 30 މިލިއަންރުފިޔާ ދޭން ނިންމާފައިވާކަމަށް އޮންލައިން ނޫހަކުން ރިޕޯޓް ކޮށްފައިވާ ކަމަަށާއި، އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ވާހަކަޔާއި ގުޅިގެން ދޭން އުޅޭ ބަދަލެއް އެގިވަޑައިނުަގަންނަވާތީ އެފަދަ ނިންމުމެއް ދޭން ނިންމާފައިވާކަން ސާފް ކޮށްލަދިނުމަށް  ރޮޒައިނާ ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރަށް އެޑްރެސް ކުރައްވާ ފޮނުއްވެވި ސީޓީގައިވަނީ އައްްޑޫ ސިޓީން 2 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތްކަމަށް ލިޔެ ފަތުރާ ވާހަކައިގެ ސަބަބުން މީހުންނަށް ވަރަށްބޮޑު އޮޅުންތަކެއް އަރާފައިވާކަމަށެވެ. އަދި ސޯޝަލް މީޑިޔާގައި އެފަދަވާހަކަތައް ދައްކާފަތުރާ މީހާ، ހަދިޔާއެއްގެ ގޮތުގައި ނޭގިވެސް އެފަދަ ގޯއްޗެއް އޭނާ އަށް ދެއްވަވާފައިވެސް އޮވެދާނެތީ އެކަންވެސް ކައުންސިލުން އަންގައިދިނުމަށް އެދޭކަމަށެވެ.

ލ. ގަމުން ވެސް އެެއްމިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތް ކަމަށް ސޯޝަލް މީޑިޔާގަޔާއި، ނޫސްތަކުގައި ލިޔެ ފަތުރާ ވާހަކައަށް ރޮޒައިނާ އިންކާރު ކުރައްވައެވެ.

ރޮޒައިނާ ވިދާޅުވީ ލ. ގަމުގައި އޭނާގެ ނަމުގައި ގޯއްޗެއް ނޯންނާނެ ކަމަށާއި، ވާހަކަތައް ފަތުރާމީހުންނަށް އެކަންހާމަ ކޮށްދޭން ޖެހޭ ކަމަށެވެ.

އެގޮތުން ފޮނުވާފައިވާ ސިޓީއާއިއެކު ޖަވާބު ބޭނުންވާ ކަމަށެވެ. ނ. އަތޮޅުގައި ދީފައިވާ 200 މިލިއަން ރުފިޔާގެ އަގުހުރި ފަޅު ރަށެއްް އޮތް ކަމަށް ދެކެވޭ ވާކައަކީވެސް ފަތުރާ ދޮގުވާހަކައެެއް ކަމަށާއި، އެއީވެސް ހަގީގަތެއް އެކުލެވިގެން ދައްކާ ވާހަކަތަކެއްނޫން ކަމަށެވެ. އެހެންކަމުން ނ. އަތޮޅު ކައުންސިލްގެ ބަހެއްވެސް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން އދ އަތޮޅުގައި 4 މިލިއަން ރުފިޔާގެ ބިމެއް އޮތް ކަމަށް ދެކެވޭ ވާހަކައިގައިވެސް ހަގީގަތް ހޯދަންބޭނުންފުޅުވާ ކަމަށާއި، މިހުރިހާކަމެއް ހާމަ ކޮށްދެއްވުމަށް އެދޭ ކަމަށެވެ.

ރައީސް އޮފީހަށާއި، އަތޮޅު ކައުންސިލްތަކަށް މެމްބަރު ރޮޒައިނާ މިފަދަ ސިޓީ ތަކެއް ފޮނުވާފައިވާއިރު، ރޮޒައިނާއި ގުޅިގެން ގޯއްޗާއި ފަޅުތަކުގެ ވާހަކަތަކެއް މީގެ ކުރިންވަނީ ވަރަށްބޮޑަށް ފެންމަތިވެފައެވެ. ނަމަވެސް އޭނާ އެ ހުރިހާކަމަށް އިންކާރު ކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: