ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އަދި ޕީއެންސީއަކީ އެއް ފިކުރެއް، ސޮއި ބަދަލުކުރާކައް ނުޖެހޭ: ރައީސް ޔާމީން

ރައީސް ޔާމީން "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް މެންބަރެއް ޕީއެންސީއަށް ދާން ޖެހޭ ސަބަބެއް ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގެ ބަންދަށް ބަދަލުކުރުމަށްފަހު، ދައުލަތުން އަނެއްކާވެސް ވަނީ ރައީސް ޔާމީންއަށް ލުއި ދެއްވާފައެވެ. މިހާރު ރަށު ބަންދަށް ބަދަލުކޮށްފައިވާއިރު، ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުމަށް ވަޑައިގެންފައެވެ.

ރައީސް ޔާމީންއަށް ޕީޕީއެމް އޮފީހުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ރައީސް ޔާމީން ވަނީ ތަނުގައި ތިބި މީހުންނާއި މުހާތަބުކޮށް ވާހަކަދައްކަވަފާއެވެ. ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީގެ ގޮތުގައި ސިފަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތުތައް ގެންގޮސްދިނުންކަމަށެވެ. އަދި އެ ފިކުރު ވިއްކުންވެސް ރައީސް ޔާމީން ފާހަގަކުރެއްވީ މުހިންމު އަމާޒެއްގެ ގޮތުގައެވެ.

ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއްފިކުރެއްގެ ދެ ޕާޓީ. ރައްޔިތުންގެ މަޖްލިހުގެ އިންތިޚާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތްކުރަންޖެހޭ.

ޕީޕީއެމް އަދި ޕީއެންސީއަކީ އެއް ފިކުރެއްކަމަށް ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ، އެއީ ދެ ޕާޓީއެއް ނަމަވެސް ހިނގާނީ އެއް ފިކުރުކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ މަޖިލީސް އިންތިހާބާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ޕާޓީ އޮފީހަށް ވަޑައިގެން ރައީސް ޔާމީން ސަޕޯޓަރުންނާއި ބައްދަލު ކުރައްވާފައިވާއިރު، މި މަންޒަރުތައް ވަނީ ބްރޯޑްކާސްޓް ކޮށްފައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ޓެރަރިޒަމްގެ ދައުވާ އުފުލާ 13 އަހަރުގެ ޖަލު ހުކުމެއް އިވާފައިވާތީ އެމަނިކުފާނުގެ އަޑާއި މަންޒަރުތައް ބްރޯޑްކާސްޓްކުރުން މަނާކުރިއެވެ. އެއީ ގައިދީއެއްގެ ގޮތުގައި ހުންނެވުމުގެ ސަބަބުންނެވެ. އޭރު ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައި އަމިއްލައަށް އަރުވާލެވިގެންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: