ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއަށް ތިންވަނަ ކުއާޓާރުގައި 4.13 ބިލިއަން ލިބިފައިވޭ!

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސައީދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރގައި 4.13 ބިލިއަން ރުފިޔާ ޖުމުލަކޮށް ލިބިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ހިއްސާކޮށްފައިވާ އެ ކުންފުނީގެ ކުއާޓަރލީ ރިޕޯޓުގައިވާގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓާރގައި ލިބިފައިވަނީ 4.44 ބިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓާރގައި 03.8 ބިލިއަން ލިބުނުއިރު، ތިންވަނަ ކުއާޓާރގައި 4.13 ލިބިފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާރގައި ލިބުނު އަދަދަށްވުރެ މި އަހަރު ލިބުނު އަދަދު 493 މިލިއަން ރުފިޔާ ދަށެވެ. މިދިޔަ އަހަރު ލިބުނީ 4.63 ބިލިއަނެވެ.

ތިން ވަނަ ކުއާޓާރގައި ކުންފުނީގެ އޮޕަރޭޓިންގް ޕްރޮފިޓެއްގެ ގޮތުގައި 390 މިލިއަން ފާހަގަކޮށްފައިވާއިރު، ޓެކްސް އަދި އެހެނިހެން ހަރަދުތައްވެސް ހަލާސްކުރުމަށްފަހު 271 މިލިއަންގެ ސާފު ފައިދާ ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ. މިދިޔަ އަހަރަށްވުރެ މި އަހަރުގެ ތިންވަނަ ކުއާޓާރގައި ސާފު ފައިދާވެސް އިތުރެވެ. 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރގައި ލިބުނީ 168 މިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: