ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދޮޅު މިލިއަނުން މައްޗަށް އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދޮޅު މިލިއަނުން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓަރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1،525،332 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 13 އިންސައްތައިގެ ކުރި އެރުމެކެވެ.

ސަރުކާރުން ވަނީ މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 1.8 މިލިއަނުން މައްޗަށް ދާނެ ކަމަށް ލަފާކޮށް އެކަމަށް އަމާޒު ހިފައިފައެވެ. މި އަހަރު މިހާތަނަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދަށް ބަލާއިރު އެ އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ މި އަހަރުގެ ކުރިއަށް މިއޮތް ނުވަ ހަފުތާގައި އިތުރު ތިންލައްކަ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގައި އަދިވެސް ރަސްކަން ކުރަމުން އަންނަނީ މިދިޔަ އަހަރު އެ ލިސްޓުގެ ދެ ވަނައިގައި އޮތް ރަޝިޔާއިންނެވެ. އެގައުމުން އެކަނި ވެސް މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 175،714 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެ ލިސްޓުގެ ދެ ވަނައިގައި އިންޑިއާ އޮތްއިރު ތިން ވަނައިގައި އޮތީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޗައިނާއެވެ.

ރާއްޖެއަށް ޒިިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 2013 ވަނަ އަހަރު، އެއް މިލިއަނުން އަލަށް މައްޗަށް އެރުމާ ހަމައިން ކޮންމެ އަހަރަކު ވެސް ކުރިއެރުންތަކެއް ހޯދަމުން އައިސް އެއްކޮށް ވަޅުޖެހުނީ 2019 ގައި ކުރިމަތިވި ކޮވިޑުގެ ވަބާއާ ގުޅިގެންނެވެ. ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކަށް ލުއިދޭން ފެށުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކިރިޔާ ހަމަ ނޭވައެއް ލެވުނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ރާއްޖެއަށް ޖުމުލަ 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: