ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލޯޓިން ސިޓީއޭ ކިޔައިގެން ރައިސް ނަޝީދު ވަނީ ފައިސާތަކެއް ނަގާފައި: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސް އިން ތަރައްގީކުރަން ނިންމާފައިވާ ފްލޯޓިން ރަށަކީ ރައީސް މުހައްމަދު ނަޝީދު އޮޅުވާލައިގެން ފައިސާ ނަގައިގެން ފަށާފައިވާ މަޝްރޫއެއްކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މާލެ އާއި ކައިރިން 5 ވަރަކަށް މިނެޓުން ދެވޭ ފްލޯޓީން އައިލެންޑެއް ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކި ވާހަކަ ތަކަކީ ރައްޔިތުންނަށް އޮޅުވާލާފައިވާ އޮޅުވާލުމެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޕީޕީޕީ (ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް) މަޝްރޫއާއި ގުޅޭ އެތައް ބައިވަރު ފައިސާ ނަގާފައިވާ ކަމަށާއި، ނަމަވެސް މިއިން އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ޕީޕީޕީ މަޝްރޫއުއިން ރައީސް ނަޝީދު ވަނީ އެތައް ބައިވަރު ރަށްތައްވެސް ބަހާލާފައިވާ ކަމަށެވެ. އެގޮތުން މީހުންނަށް ބަހާލި ރަށްތަކުގެ ސަބަބުން އެތައް ބަޔަކު މުއްސަދި ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީގައި ގެ އަޅަން އެއްބަސްވުމުގާއި ސޮއިކުރީ މިދިޔަ އަހަރު ފެބްރުއެރީ 11 ވަނަ ދުވަހުގައެވެ. މި އެއްބަސް ވުމަކީ 2019 ވަނަ އަހަރު ފުރަތަމަ ފެއްޓި މަސައްކަތްކެވެ. ނަމަވެސް އެ އެއްބަސް ވުމަށް ބަދަލުތަކެއް ގެނެސްފައި ވެއެވެ.

ފްލޯޓިން ރަށުގައި އަޅާ ފުރަތަމަ ގެތައް އެ ކުންފުނިން ނިންމަން އަމާޒު ހިފީ އެއަހަރު ރޯދަ މަހާއި ހަމަށެވެ. ފްލޯޓިން ސިޓީގައި ތަރައްގީ ކުރަމް ނިންމާފައިވަނީ 5000 ހައުސިން ޔުނިޓާއި، 35 ލަގްޒަރީ ވިލާއާއި، 15000 އަކަފޫޓްގެ ތިން ބުރިއަށްހަދާ އެޕާޓްމެންޓް ތަކެވެ. މި މަޝްރޫއު ވަނީ ކުއްލިއަކަށް މެދު ކަނޑާލާފައެވެ.

އެގޮތުން މި ދިޔަ އަހަރު ޖޫން މަސް ތެރޭ އެ މަޝްރޫއުގެ އެއްބަސްވުމަށް ބަދަލު ގެނެސް ކުއްލި ގޮތަކަށް ބަދަލު ކުރެއްވިއެވެ. އަދި ޑަޗް ޑޮކްލޭންޑްސް އިން ތަރައްގީކުރާ ފްލޯޓިން ސިޓީ އަކީ ސްކޭމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވިދާޅުވި އެވެ.

ނަމަވެސް އޭރު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕުއަކަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން އެމަޝްރޫއުއަށް ހުރަސް އަޅާ އެކަންކުރުމާއި ދެކޮޅު ހަދާފައިވާ ކަމަށެވެ. އެއީ އެ މަޝްރޫއުގައި އެމަނިކުފާނުގެ ނަން ހިމެނޭތީ ކަމަށެވެ.

މި ފްލޯޓިން ސިޓީ ގައި އަޅާ ގެ ތަކުގެ ފޮޓޯވެސް މީގެ ކުރިން ދައްކާލައިފައިވެއެވެ. ޓްވީޓާގައި އެކުންފުނިން އޭރު އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެތަނުން ފެންނަން ހުރީ ދެ ގެއަކާއި، އިތުރުން ދޮންވެލި މަގެކެވެ. އަދި އެ މަގުން ރުއް އިންދާފައި ހުރިތަންވެސް ފެންނަން ހުއްޓެވެ. ނަމަވެސް ގެ ތައް ހަދަން ނުފެށިފައިވަނީ މޫސުން ތަން ނުދޭތީ ކަމަށާއި، އެ ތަކެތި މޫދުގައި ނުބެހެއްޓި ލަސްވީވެސް މޫސުންތަންނުދޭތީ ކަމަށް އޭރު ވަނީ  ބުނެފައެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ މަޖިލީހުގައި ރައީސް ނަޝީދު އޭނާގެ ދިފާއުގައި ވާހަކަ ދެއްކިވިޔަސް ރައީސް ނަޝީދު ވަނީ ރައްޔިތުންނަނަށް އޮޅުވާލާ ފައިސާތަކެއް ނަގާފައި ކަމަށެވެ. އެގޮތުން ރައްޔިތުންގެ ފައިސާއިން އުޅޭ މީހަކަށް ރައްޔިތުންގެ އިހުސާސްތައް ނޭނގޭނެ ކަމަށެވެ. އެހެންކަމުން ސަޕްލިމެންޓްރީ ބަޖެޓްއާއި އެކު ހިމަނާ ކަރަންޓް ސަބްސިޑީ ނުލިބުނީމައި ރައްޔިތުން އުޅޭނެ ހާލުވެސް އެފަދަ ބޭފުޅަކަށް ނޭނގޭނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: