ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ނުހިގަނީ ބައެއް މެންބަރުން އިދިކޮޅު ޕާޓިގެ ރޯލު އަދާކުރާތީ: ރޮޒެއިނާ

އެމްޑީޕީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ނުހިގާ ކަމުގެ ވާހަކަތައް ޕާޓިގެ ތެރޭގައި ދެކެވިގެންދާއިރު، ޕާޓީ ނުހިގާ އޮތީ އިދިކޮޅުގެ ރޯލު އަދާކުރާތީކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެބޭފުޅުން އެތިއްބެވީ ނުވެ ހުރި ކަންތައް މަގުމައްޗަށް ނިކުމެ ކިޔައިގެން ވޯޓު ހޯދޭނެފަދަ ހިސާބެއްގައި ނޫންކަމަށާއި، ސަރުކާރުގައި އޮތީ އެމްޑީޕީކަމުން އެބޭފުޅުންނަކީ މިކަމުގައި ހައްލު ހޯދަން ޖެހޭ މީހުންކަމަށްވެސް ރޮޒެއިނާ ވިދަޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ރޮޒެއިނާ އާދަމް ކެމްޕެއިންގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޕާޓީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ މެންބަފރުން ސަރުކާރަށް ކިޔަމުންދާ ފާޑު ކިޔުންތަކުގެ ސަބަބުން ރައްދެުވަނީ މަލާމާތްކަމުގައެވެ. އަދި އޭނާ ފާހަގަކުރެއްވީ އޮޕޮޒިޝަންގައި އޮތީ އެބޭފުޅުން ނޫންކަމުގައެވެ.

ވަކި މީހެއްގެ ބޮލަށް ނުވެ ހުރިކަންތައް ޖަހައިގެން އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެކަމުގައި ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްކަމުގައިވީ ނަމަވެސް ނުވަތަ ރައީސުލް ޖުމްހުރިއްޔާ އާއި ޕާޓީގެ ރައީސް އަދި އާންމު މެންބަރެއް ނަމަވެސް ސަލާމަތް ނުވެވޭނެކަމުގައެވެ. އަދި ދާއިރާގެ ރައީސްއަކަށް ހުންނަ ފަރާތުން މި ވާހަކަތައް ދެކެވެން ޖެހޭނީ ޗެއާޕާސަންއަކަށް ހުންނަވާ ފަރާތުގެ ގާތުގައިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެބޭފުޅުންނަށް ހައްލު ހޯދެން އޮތީ މި ކަންތައްތައް މަޝްވަރާ ކޮށްގެން ސަރުކާރާ ހަމައަށް ގެންގޮސްގެންކަމުގައި ފާހަގަ ކުރައްވާ ރޮޒެއިނާ ވިދާޅުވީ ނަމަވެސް މިހާތަނަށް ވެގެން ދިޔަ ގޮތަކީ ޕާޓީގެ ފަރާތުން ސަރުކާރާއި މިކަންތައްތައް މަޝްވަރާ ނުކުރެވުންކަމުގައެވެ. ހަގީގަތް އޮތީ ކުރިމަތީގައި ފެންނަންކަމަށާއި ރިޔާސީ ދައުރު ނިމިގެންދާއިރުވެސް ޕާޓީގެ ފަރާތުން އެންމެ ޖަލްސާ އެއްވެސް ބާއްވާ ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ ވާހަކަތައް ދެއްކިފައި ނުވާކަމަށް ރޮޒެއިނާ ފާހަގަ ކުރެއްވި އިރު އެބޭފުޅުންގެ ކެމްޕެއިން ޖަލްސާތަކުގައިވެސް އެންމެ ބޮޑަށް ދެކެވިގެންދިޔަ ވާހަކައަކީ މިއީއެވެ. ޖަލްސާތައް ނުބޭއްވި އެއްވުންތައް މަދު ކަމަށާއި ޕާޓީ ހަރުގެތަށް ނުހިގާކަމުގެ ވާހަކައެވެ.

ފައްޔާޒް އިސްމާއީލް އިންތިހާބަށް ހުށައެޅުއްވި މެނިފެސްޓޯގައިވެސް ވައުދު ވެފައިވަނި ޖަހަގަތައް ހިންގާނަންކަމަށާއި އެއްވުންތައް ގިނަކޮށް ކަންތައްތައް އިންތިޒާމް ކުރެވިގެން ދާނީ ރައްޔިތުންނާއި މަޝްވަރާ ކުރެވިގެންކަމަށެވެ.

އިންތިޙާބުތައް އައުމުން ކެޑިޑޭޓުން އައިސް ކެމްޕެއިން ޖަލްސާތައް ބާއްވާކަމަށާއި ނަމަވެސް ސަރުކާރު ހިންގާ ޕާޓިގެ ހައިސިއްޔަތުން މަދުވެގެން މަހަކު އެއް ފަހަރު ނަމަވެސް ބޭއްވެން ޖެހޭކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ. ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހޯދޭނީ ވާހަކަދެކެވި މަޝްވަރާކުރެވިގެންކަމުގައި ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.

ޕާޓީ ނުހިގަނީ އިދިކޮޅުގެ ޕާޓިގެ ރޯލު އަދާކުރާތީކަމަށް ރޮޒެިނާ ފާހަގަކުރެއްވިއިރު މަޖިޅިހުގެ ތަޅުމުގައިވެސް އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އިސްތިޢުފާއަށް ގޮވާފައިކަން ފާހަގަކޮށްލެވެއެވެ. ދެމެފިރިންގެ މައްސަލަތަކުގައި މަގު މެދަށް ނިކުމެ ޒުވާބުކުރުމުގެ ބޭނުމެއް ނޯންނާނެކަމުގައިވެސް ރޮޒެއިނާ ފާހަގަކުރެއްވިއެވެ. އަދި މިހެން ވިދާޅުވެ ދޭހަ ކޮށްދިނީ ހަމަ އެގޮތަށް ޕާޓީގެ އެތެރޭގެ މައްސަލަތައް އާންމުންނަށް ދައްކަން ނުޖެހޭކަމުގައި އާއި ހައްލުކުރެވެން ޖެހޭނީ ޕާޓީގެ އެތެރޭގައިކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުން ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރަން ބަހުސް ކުރާ ތަނަކަށް ވެގެން ނުވާނެކަމުގައިވެސް ރޮޒެއިނާ ފާހަގަކުރެއްވިއެވެ. އަދި ޕާޓީ މިދާ މިސްރާބު ރަނގަޅުކުރުމަށްޓަކައި ޗެއާޕާސަންކަމަށް ހޮވަންޖެހޭކަމަށް އޭނާ ދެކިއްލައްވަނީ ފައްޔާޒްކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: