ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ޔޫކްރެއިންއަށް ހަމަލާ ދީފި!

ރަޝިއާ ޔޫކްރެއިން ހަނގުރާމަ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއިން ޔޫކްރެއިންއަށް ވަރުގަދަ ޑްރޯން ހަަމަލާތަކެއް ދީފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، މިފަހުން ރަޝިއާއިން ދީފައިވާ ޑްރޯން ހަމަލާއަކީ ހަނގުރާމަ ފެށުމަށްފަހު ދީފައިވާ އެފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. އަދި ހަމަލާ އަމާޒުކޮށްފައިވަނީ ޔޫކްރެއިންގެ ވެރިރަށް ކިއެވްއަށްކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އީރާނުން ފަރުމާ ކުރާ ޝާހދިު ނަމަކަށް ކިޔާ ބާވަތެއްގެ ޑްރޯންތަކެއް ކަމަށާއި، 75 ޑްރޯން ޖުމުލަކޮށް ބޭނުންކުރި އިރު ޔޫކްރެއިންއިން 74 ޑްރޯން ހަލާކުކޮށްލިކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އެ އަދަދުގެ ސައްހަކަމާއިމެދު ސުވާލު އުފެދޭކަމަށްވެސް ރިޕޯޓުތަކުގަިވއެވެ. ޔޫކްރެއިންގެ އެއަފޯސް ކޮމާންޑަރު ހާމަކޮށްފައިވާގޮތުން އެކި ސަރަހައްދުތަކަށް ހަމަލާ ދިންނަމަވެސް މައި އަމާޒަކީ ވެރިރަށެވެ.

ޔޫކްރެއިންގެ ވެރިރަށް އިދާރީ ގޮތުން ބެލެހެއްޓުމާއި ހަވާލުވެ ހުރި އިސް އޮފިޝަލަކުވެސް ވަނީ ފެނިދިޔަ މަންޒަރުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޔޫކްރެއިންގެ އެއަރޕޯސްގެ ސްޕޯކްސްޕާސަންވަނީ ޔަގީނުންވެސް 66 ޑްރޯންއެއް ހަލާކުކޮށްލެވުނުކަން ކަށަވަރުކޮށްދީފައެވެ.

މީޑިއާތަކުން ބުނާގޮތުން މި ހަމަލާގައި ޖުމުލަކޮށް ފަސް މީހަކަށް ގެއްލުން ލިބިފައިވާއިރު، އެއް ކުޑަކުއްޖަކުވެސް ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ އިމާރާތަށް އެތައް ގަޑިއިރަކަށް ދެމިގެންދިޔަ މި ހަމަލާ ބަދަލުކުރުންތަކުގެ ަސަބަބުން ގެއްލުންތައް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: