ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަވާބްދާރީވެ ވަޑައިގަތުމަށްފަހު މަޖިލީހުގެ ނައިބުރައީސް ކަމުގެ މަގާމުން އީވާ އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ނައިބުރައީސް އީވާ އަބްދުﷲ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެ އިސްތިއުފާ ދެއްވައިފިއެވެ.

އީވާގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ލިބުމާއެކު އެ ސިޓީ ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވައިފައެވެ. ސިޓީ ލިބުމާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީގެ 50 މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެ މައްސަލާގައި ޖަވާބުދާރީ ވާން ދިން ފުރުސަތުގައި އީވާ ވިދާޅުވީ އެމްޑީޕީން އޭނާއަށް ދެނީ “އެމްޑީޕީއަށް ވެރިކަން ގެއްލުމުގެ އަދަބު” ކަމަށެވެ.

އީވާގެ ވާހަކަފުޅުގައި ވިދާޅުވީ ނާގާބިލު ކިބުވެރި ސަރުކާރަކާ ދިމާލަށް އީވާ ނާގާބިލު ކިބުރުވެރި ސަރުކާރެކޭ ބުނުމުން ލިބޭ އަދަބު ކަމަށެވެ. އަދި ހަގީގަތަކީ އެ ސަރުކާރުން މާބޮޑަށް އީވާ އާއި މެދު ނުރުހުނީ ކަމަށާއި އަދި އީވާ ވެސް އެ ސަރުކާރާ މާބޮޑަށް ނުރުހުނީ ކަމަށެވެ.

އެމްޑީޕީ ސަރުކާރުން އީވާއާ ނުރުހުނީ އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެ ސަރުކާރުގެ ބައެއް ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކެވުމާއި އެ ސަރުކާރުން އެޅި ބައެއް ގޯސް ފިޔަވަޅުތަކަށް ފާޑުވިދާޅުވުމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: