ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ނައިބުރައީސް އިންތިހާބު ކުރާ ޖަލްސާ މިރޭ

ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ނައިބުރައީސަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ ކަމަށް މަޖިލީހުން އިއުލާނު ކޮށްފިއެވެ.

މަޖިލީހަށް ނައިބުރައީސަކު އިންތިހާބު ކުރުމަށް މިރޭ އެޖެންޑާ ކޮށްފައިވަނީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު އެގަރާރަށް ބަހުސް ކުރުމުގެ ކުރިން އީވާ ވަނީ ދިފާއުގައި ވާހަކަފުޅުދައްކަވާފައެވެ. ދިފާއުގައި ވާހަކަފުޅު ދައްކަވާ ނިންމާލައްވަމުން އީވާ ވަނީ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުވާފައެވެ. އަސްލަމް ވަނީ ސިޓީ ލިބިފައިވާކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި ސިޓީ އިއްވާފައެވެ.

އީވާގެ އިސްތިއުފާ ސިޓީ އިއްވުމާއި އެކީ އަސްލަމް ވަނީ އެމައްސަލަ ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ މަޖިލީހަށް ނައިބަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެކަން އިއުލާނު ކުރައްވާފައެވެ. އަސްލަމް ވިދާޅުވީ އެ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވުމުން އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕީޖީގެ ސިއްރު ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެ. ނައިބުގެ މަގާމަށް ވާދަކުރުމަށް ނިންމާފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއާއި އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: