ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ކުރެވުނީ ޓްރާންސްޕޭރަންޓް، ކާމިޔާބު މަސައްކަތެއް: އީވާ

މަޖިލީހުގައި އީވާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައްޔިތުންގރ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައާއި އީވާ އަބްދުﷲ ގެ ނައިބުރައީސް ކަމުގައި އެންމެ ދެފުށްފެންނަ ރައްޔިތުންގެ މަޖިލީހަށް ހިނގަމުންދަ 19 ވަނަ މަޖިލީސް ހެދިއްޖެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބުރައިސް އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އީވާ ވަނީ އެކަމަށް ޖަވާބުދާރީވެ ވާހަކަފުޅުދައްކަވާފައެވެ. އީވާ ވިދާޅުވީ މަޖިލިހުގެ މެންބަރުންގެ ހަރަދުތައް އެންމެ ކޮންޓްރޯލް ކުރެވުނީ އީވާގެ ނައިބު ކަމުގައިކަމަށެވެ.

އެއެކި ވެރިކަމުގައްޔާ އެކި ދައުރުތަކުގައި ކުރުމަށް ދޫކޮށްލައިފައިވާ ވީއައިޕީގެ ހަރަދުތައް ކޮންޓްރޯލް ކޮށް މެންބަރުންގެ ހާޒިރީ މިނިޓަރ ކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި ހާޒިރީ ބަލައި މަޖިލިސް ތަޅުމަށް ވަދައިނުގަންނަވާ މެންބަރުންގެ މުސާރަ ވެސް އަލަށް ކަނޑަންފެށީ ރައިސް ނަޝީދާއި އަދި އީވާގެ މަޖިލިސް ދައުރުގައި ކަން ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި މެންބަރުންނަށް އެންމެ ގިނައިން ތަމްރީނުތަށް ދިނުމާއި އަދި ކޮވިޑްގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް މެދުނުކެނޑި ކުރިއަށް ގެންދެވި ކަމަށް އީވާ ވިދާޅުވއިެވެ. އަދި ކޮވޮޑްގެ އާލަމީ ވަބާގައި މަޖިލިސް ގޯތޮ ރައްޔިތުންނަށް ހުޅުވާލައި އެތަނުގައި ވެކްސިން ދެވޭނެ ގޮތެއްވެސް ހަމަޖެއްސީ ރައިސް ނަޝީދާއި އީވާ ކަމަށް ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި އަލަށް އޮންލައިން މަޖިލީހެއް ކުރިއަށް ގެންދެވީ އީވާގެ ނައިބު ކަމުގެ ދުވަސްވަރު ކަމަށާއި ސައިން ލެންގުއޭޖްއިން މަޖިލިސް ގެނެސްދެވޭނެ ގޮތެއް ހަމަޖައްސަވާ އެކަންކުރާ މަދު މަޖިލީސްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުން ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

ފުލް މެޖޯރިޓީ ޕާޓިގެ ރައިސް އަދި ނައިބު ކަމުގައި ހުންނެވި ނަމަވެސް މައިނޯރިޓޯއަށް ފުރިހަމަޔަށް ވަކާލާތިު ކުރުމުގެ ޖާގަ ވަކިކޮޅަކަށް ޖެހެވަޑައިނުގަންނަވާ ދެއްވި ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. މީގެއުތުރުން ވެސް އީވާ ވިދާޅުވީ މަޖިލީހުގެ ވަސީލަތްތަށް ހުރިހާ މެންބަރުންނަށްދީ ކޮންމެ މެންބަރަކަށް އޮފީހެއް ދިނުމާއި މިފަދަ އެތަށް ކަމެއް މެންބަރުންނަށްވެސް ކޮށްދެއްވާފައި ވާކަމަށެވެ.

ހަމައެއާއިއެކު ރައީސް ނަޝީދުއައި ދެކޮޅަށާއި އަދި އީވަ އައި ދެކޮޅަށް އެމްޑީޕީގެ ޕީޖީން ބޭއްވި ޕްރެސް ތަކަށްވެސް ފުރިހަމައަށް ޖާގަދެއްވާފައި ވާނެކަމަށެވެ. އެހެންކަމުން އީވާ އަކީ ނާގާބިލް ބޭފުޅެކޭ ދެއްނެވޭނެ އެއްވެސް ހުއްޖަތެއް ނެތްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: