ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިޑެން މަގާމުން ދުރުކުރަން ތައްޔާރުވަނީ!

އެމެރިކާގެ މަޖިލީހުގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޖޯ ބައިޑެން މަގާމުން ދުރުކުރުމަށް ރަސްމީގޮތުން ހުށައެޅުމަށް ބޭނުންވާ ވޯޓުތައް އެ ގައުމުގެ ރިޕަބްލިކަން ޕާޓީއަށް ލިބިފައިވާކަމަށް ގަބޫލުކުރައްވާކަމަށް މަޖިލީހުގެ ރައީސް މައިކް ޖޯންސަން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ބައިޑެން މަގާމުން ދުރުކުރުމުގެ ތައްޔާރީތައް ވެފައިވާކަން ޖޯންސަން ހާމަކުރެއްވީ މަޝްހޫރު ޗެނަލްއަކަށް ދެއްވި އިންޓަރވިއުއެއްގައެވެ. އޭނާ ވިދާޅުވީ، ރަސްމީކޮށް އެ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށާއި އެހެންނަމަވެސް ބައިޑެން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން މިކަމުގައި ބައިވެރިވާނެކަމަށް ފެނިވަޑައިނުގަންނަ ނަމަވެސް ބައިވެރިވާންޖެހޭކަމަށް ވިދާޅުވިއެވެ.

މިހާރު މައްސަލަތައް ހޫނުވެފައިވަނީ ރައީސް ބައިޑެން އަދި އޭނާގެ ދަރިކަލުން ހަންޓަރ ބައިޑެން ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވައިޓް ހައުސްއިން ހުރަސް އަޅާކަމަށް ތުހުމަތުކުރެވިފާއިރު އެ މުއައްސަސާއިން އެ ވާހަކަތައް ދޮގުކުރެއެވެ.

ޖޯންސަން ވިދާޅުވީ، ސަރުކާރުން ދަނީ މައްސަލައާއި ގުޅުން ހުރި ތިން ހެކިވެރިޔަކަށް ހެކި ދިނުމުން ހުރަސް އަޅަމުންކަމަށެވެ. އަދި ސަރުކާރުންދަނީ އެ ގައުމުގެ އަރުޝީފުއަށް ހެކި ހަވާލުކުރުމަށްވެސް ދެކޮޅު ހަދަމުންކަމަށް ބުނެފައިވާއިރު، ރަސްމީގޮތުން މަގާމުން ދުރުކުރުމަށް މަސައްކަތްތައް ފެށުމުން ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތައް އެނގިގެންދާނެކަމަށާއި އެހެންނަމަވެސް މިކަން ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: