ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ 20 އަހަރުގެ ޕްލޭންގައި މޭޔަރުގެ ދައުރު އަދާކޮށް، މައްސަލަތަކަށް ހައްލު ހޯދައިދޭންނަން: އާޒިމާ

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު "ސަންގު ބަހުސް" ގައި. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 20 އަހަރުގެ ޕްލޭން ތަންފީޒުކުރުމުގައި މޭޔަރުގެ ދައުރު އަދާކޮށް، މައްސަލަތަކަށް ހައްލު ހޯދަވައިދެއްވުމަށް، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސިލްސިލާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ “ސަންގު ބަހުސް” ގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމާ މިހެން ވިދާޅުވީ މި ޕްރޮގްރާމްއަށް ހާއްސަކޮށްފައިވާ މައުލޫއު ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ޕީޕީއެމް/ޕީއެންސީއިން މަސައްކަތް ކުރަމުން އަންނަނީ އަދި ޕާޓީގެ ސިޔާސަތަކީ ބޯހިޔާވަހިކަން ދުސްތޫރީ އަދި އަސާސީ ހައްގެއްގެ ގޮތުގައި ކަށަވަރުކޮށްދިނުންކަމަށް ކުރީގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ އާޒިމާ ވިދާޅުވިއެވެ. މިއީ އިންސާފުވެރިކަމާއިއެކު ފޯރުކޮށްދެން ޖެހޭ ހިދުމަތެއްގެ ގޮތުގައި އާޒިމާ ވަނީ ސިފަ ކުރައްވާފައެވެ.

އާޒިމާ ވަނީ ފުށިދިއްގަރު ފަޅު ހިއްކާ، އެތަނުގައި ތަރައްގީ ކުރުމަށް މަސައްކަތް ފަށާފައިވާ “ރަސްމާލެ” އަށް އިޝާރާތް ކުރައްވާފައެވެ. އަދި ގުޅީފަޅާއި، ގިރާވަރުފަޅުގެ މަޝްރޫއަށް މި ސަރުކާރުން އިތުރުކުރުމަށް ނިންމާފައިވާ ބައިތައް ފާހަގަކޮށް، އެއީ ޕީޕިއެމް/ޕީއެންސީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ހާމަކޮށްދޭ މަޝްރޫއެއްކަމަށް އާޒިމާ ވިދާޅުވިއެވެ. އޭނާގެ އަމާޒަކީ އެއްވެސް ދަތިކަމެއް ނެތް، ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ މިންވަރަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށް ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ މި މައްސަލަތަކަށް ހައްލު ހޯދޭނީ ގައުމީ ޕްލޭންއެއްގެ ތެރެއިންކަމަށެވެ.

ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި އާޒިމާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ވައުދުވެވަޑައިގެންނެވީ އޭނާއަށް މޭޔަރުކަން ލިބިއްޖެނަމަ މާލޭގެ ދިރިއުޅުމުގެ ރައްކާތެރިކަމަށްޓަކައި ވަކި އުސޫލީ މުވައްސަސާއެއް ގާއިމްކުރެއްވުމަށާއި، ދިރިއުމާއި ގެދޮރުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އޮނިގަނޑެއް ފަރުމާ ކުރެއްވުމަށެެވެ.

މި ސަރުކާރުން އިއުލާންކޮށްފައިވާ 20 އަހަރުގެ ޕްލޭން ތަންފީޒުކުރުމަށްޓަކައި، މާލޭގެ މޭޔަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތަކުގައި އެއް ބާރުލުން ދެއްވާނެކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މި މަގުން މަސައްކަތްކޮށް ހުރިހާ މައްސަލައަކަށް ހައްލު ހޯދޭނެކަމަށް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް ކުރާ ޑިމާންޑަށް ނިމުމެއް ނާންނަކަމަށް ފާހަގަކޮށް ކުރި ސުވާލަށް ޖަވާބުދެއްވަމުން އާޒިމާ ވިދާޅުވީ އެ ޑިމާންޑު ކުޑަ ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރަންޖެހޭނީ އެ ޑިމާންޑަށް ކޭޓާރ ކުރެވޭނެ ނިޒާމެއް ހޯދައި ގާއިމްކުރުމަށްކަމަށެވެ.

މީގެ އިތުރުން އާޒިމާ ވަނީ ރައްޔިތުންނާއި ހަމައަށް ތަސައްވުރު ހާމަކޮށްދީ، ޖަވާބުދާރީވުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ވަކި ބަޔަކު ފަށާފައި ހުރި މަޝްރޫއުތައް ހުއްތާލާނެކަމަށް ބުނެ ދެކެވޭ ވާހަކަތާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާ އާޒިމާ ވިދާޅުވީ، މިއީ ޒާތީކަމެއްގެ ގޮތުގައި ދެކި ވާހަކަދައްކަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: