ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިލި ބުރި ކުރިޔަސް އަޅުގަނޑާ ދެކޮޅަށް ވޯޓު ނުދޭނެ މެމްބަރުން އެބަތިބި: ރައީސް

ފޮޓޯ: ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓެއް ނަގަން އުޅެފި ނަމަ، ”އިނގިލި ބުރިކޮށްލިޔަސް“ ވޯޓު ނުދެއްވާނެ އެމްޑީޕީގެ މެމްބަރުން މަޖިލިހުގައި ތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެބިނެޓަށް ރުހުން ނުދީ، ހިފެހެއްޓުމަށް ފަހު މިއަދު މި ދައުރުގެ ފަހު ޖަލްސާ ބާއްވައި މެމްބަރުން ޗުއްޓީއަށް ދިޔައީ އެ މައްސަލަ ކޮމިޓީއަށް އަނބުރާ ފޮނުވާލުމަށް ފަހު އެވެ. ކޯރަމް ހަމަނުވެ ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދެވޭ ގޮތް ނުވެ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެ އެކަމުގެ ފާޑުކިއުންތައް އެމްޑީޕީއަށް ވަނީ އަމާޒުވެފަ އެވެ. މިއީ ސަރުކާރަށް ކުރާ ޖެއްސުމެއްކަމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ޕީޕިއެމް/ޕީއެންސީ މެމްބަރުން ފާހަގަކުރުމުން ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޭން ޖެހޭ ތަފްސީލުތަކެއް ނުލިބި ލަސްތަކެއް ވަމުންދާކަމަށެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މެމްބަރުން ހުށަހަޅުއްވައިފި ނަމަ، އެގޮތަށް ކުރިޔަށް ގެންދެވޭނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުން ޕާކު ކުރި މައްސަލައިގައި، އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގައި އެކަމާއި މެދު ހުރި ހިޔާލުތަފާތުވުންތަކެވެ. އެކަމަށް އިޝާރާތް ކުރައްވައި މިރޭގެ ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނުވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހިތުގައި ޝައްކު އުފެދި ސުވާލު ކުރުމަށް ޖާގައެއް ނުދެއްވާނެކަމަށާއި ވެރިކަމުގެ ދައުރު ހަމަވާނީ އެ ވައުދުތަކުގައި ކުލަ ޖެހި ހަގީގަތަކަށް ވެގެންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ދެއްކެވި ވާހަކައިގައި ފުށިދިއްގަރު ފަޅު ހިއްކައި ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ ރައްޔިތުންގެ އެތައް އުންމީދަކާއި ގުޅިފައިވާ ޕްރޮޖެކްޓެއްކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން މި ހުރިިހާކަމެއް ސަރުކާރުން ކުރިޔަށް ގެންދާއިރު އެހެން ބަޔަކު އެކަމާއި ދެކޮޅު ވާނެ ސަބަބެއް ނުވިސްނޭކަމަށް ރައީސް ވިދާޅުވި އެވެ. އެއަށް ފަހު ރައީސް ވަނީ މަޖިލީހުގައި ކުރެވޭ ބަހުސްތަކަށް ރައްދު ދެއްވައި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އެއްބާރުލުން އެމަނިކުފާނަށް ލިބޭނެކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ކޮންގްރެސްގެ ސަފުން ނުފެނުނު ކަމުގައިވިޔަސް މަޖިލިހުގެ ތެރެއިން ނަގާ ވޯޓުގައި އިނގިލި ބުރިކޮށްލިޔަސް އެމަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެ އެމްޑީޕީގެ ބައެއް މެމްބަރުން އެބަތިއްބެވި ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގައުމު އިސްކުރުމަކީ އެންމެން އެއްސަފެއްގައި އެއް ނިޔަތެއްގައި އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ގައުމު އިސްކުރުން ކަމަށެވެ. ޑިމޮކްރެސީއިން ދަސްކޮށްދެނީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ކަންކަން ރައްޔިތުން ނިންމުމުން ރިވެތި ގޮތުގައި އެނިންމުމާއި އެއްގޮތަށް ކަންކަން ކުރުމަށް ޖާގަދިނުން ކަމަށް ރައީސް ވާނީ ވިދާޅުވެފައެވެ.

މި ގައުމުގައި ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި އަދި ރައްޔޮތުން ގޮތް ނިންމީ އެހެންވެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވީ ބޭރުގެ ސިފައިން ރާއްޖެގައި ތިބެން ނޫންކަމަށާއި އެހެންކަމުން އެ ނިންމުމާއި އެކު ތިއްބެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ވިދާޅުވީ ރަސްމީ މަސައްކަތް ފެށުނު ފުރަތަމަ ދުވަހުވެސް އިންޑިއާއިން ރާއްޖެއަށް ސަރުކާރު ރެޕްރެސެންޓު ކުރައްވަން ފޮނުއްވި މިނިސްޓަރާއި އެކު ބައްދަލުވުމެއް ބާއްވަވާފައި ވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރަސްމީކޮށް ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އެދިވަޑައިގެންފައި ވާނެ ކަމަށް ރައިސް ވިދާޅުވިއެވެ.

މީގެއިތުރުން ޓްރާންސިޝަން މުއްދަތުގެ ތެރޭގައިވެސް އިންޑިއާގެ ދެ ސަފީރަކާއި ބައްދަލުކުރައްވާ ވަރަށް ތަފްސީލީ ގޮތެއްގައި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަކީ ގައުމުގައި އިންޑިއާ އަދި އެހެންވެސް ބޭރުގެ ސިފައިން ނުތިބުން ކަމަށް ވިދާޅުވެފައި ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: