ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ ހުންގާނުގައި ތިއްބެވީ ބޮނޑިބަތް ކައްކާ ކުޅޭކަށް ނޫން: ޝިޔާމް

ޕީޕީއެމް/ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރ ޝިޔާމް ވަހަކަ ދައްކަވަނީ-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ އެކީ ޤައުމުގެ ހުންގާނަށް އަރާ ތިބީ ބޮނޑިބަތް ކައްކާ ކުޅެން ނޫން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަހާއި ކަނޑުތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، ޤައުުމުގެ ހުންގާނުގައި ރައިސް މުއިއްޒުއާ އެކީ ދަތުރުކުރަމުން މިދަނީ ރައްޔިތުން އެދޭ މަންޒިލަށް ވާސިލް ވުމަށްޓަކައި ކަމަށާއި އެއޮޑީގައި ތިބީ ބޮނޑިބަތް ކައްކާ ކުޅޭކަށް ނޫން ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒު އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށާއި އެމަނިކުފާނަކީ ހިތްތިރި އެހާމެ ހިންގުންތެރި ބޭފުޅެއް ކަމަށެވެ. އަދި އިދިކޮޅު ހުރިހާ ފަރާތްތަކާއެކީ ވެސް މަސައްކަތް ކުރައްވަން ދަންނަ އޯގާތެރިވެރިޔެއް ކަމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މި ނިޒާމުން ބާކީވާ އެއްވެސް ރައްޔިތަކުު ނޯންނާނެ ކަމަށާއި އަދި މި ނިޒާމުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން އެ ނެރޭ މެނިފެސްޓޯތަކުގައި ދިވެހި އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޕާޓީގެ ވެރިކަމެއް ރައިސް ޑރ.މުއިއްޒާއެކީ ކުރައްވާ އަދި ޕާޓީގެ ސަޕޯޓަރުން ރައީސް ޑރ.މުއިއްޒުގެ ވެރިކަމެއްގައި މާޔޫސްވާން ނުޖެހޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒަކީ ހުރިހާ ފިކުރެއްގެ ބޭފުޅުންނާއެކީ މަސައްކަތް ކުރައްވަން ދަންނަ އެހެން ސިޔާސީ ލީޑަރުންނާއި މުޅިން ތަފާތު ލީޑަރެއް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފެނިގެން މިދަނީ ދިވެހިރާއްޖޭގެ ތަރައްޤީގައި މުޅިން އާ މާނައެއްގައި މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ފެންނަމުން މިދަނީ ސިޔާސީ ނިޒާމުގަ އާ މާނައެއްގައި މަސައްކަތް ކުރައްވާތަން ކަމަށާއި ތަފާތު ފިކުރުތަކުގައި ތިއްބެވި އެހެންނަމަވެސް ޤައުމީ ފިކުރުފުޅުގައި ތިއްބެވި ބޭފުޅުންނާއެކީގައި މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅުގައި މަސައްކަތް ކުރައްވާތަން ފެނިވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުންގެ ނެތް ސިފައެކޭ ދެންނެވިޔަސް ކުށަކަށް ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

އެގޮތުން އުމްރާނީ ތަރައްޤީ، އިޖްތިމާއީ ތަރައްޤީ ނުވަތަ ސިނާއަތްތަކުގެ ވާހަކަ ދެއްކި ކަމުގައިވިޔަސް ރައީސް މުއިއްޒު އެ ގެނެސްދެއްވަނީ މުޅިން އާ ބަދަލުތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިހުރިހާ މައްސަލަތަކަށް މި ސަރުކާރުން ގެނެސްދެނީ ޖުމްލަ ހައްލުތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ދިވެހި ރާއްޖެއަށް މިއަދު ބޭނުން ވަނީ މައްސަލަތަކުގެ ހައްލެއް ނޫނެވެ. ޤައުމަށް ބޭނުންވަނީ މައްސަލަތަކުގެ ޖުމްލަ ހައްލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: