ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ”ސަންގު ބަހުސް“ ގެ ދެވަނަ އެޕިސޯޑް މާދަމާ ރޭ!

ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ “ސަންގު ބަހުސް”ގެ ދެވެނަ އެޕިސޯޑް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ކޮންމެ ހަފްތާއަކު ވެސް ސިލްސިލާކޮށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ބަހުސްގެ ދައުވަތު މާލޭގެ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންނަށް ފޮނުވާފައިވާއިރު އެ ކެންޑިޑޭޓުން ވަނީ ބަހުސްގައި ބައިވެރިވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މި ބަހުސްގައި ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި، މާލެއަށް ދިމާވެފައިވާ އިޖްތިމާއީ އެކި މައްސަލަތައް ހައްލު ކުރުމުގައި ގެންގުޅުއްވާ ވިސްނުން ހާމަކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. ހާއްސަކޮށް މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ ބޯހިޔާވަހިކަމުގެ މައްސަލަތާއި މާލޭގެ ޓްރެފިކް ހައްލު ކުރުމުގެ ކަންކަމުގެ މައްޗަށް ވެސް މައުޟޫއުއެއް ކަނޑައެޅި، އެކަމަށް ވާހަކަ ދެކެވޭނެ އެވެ.

ބަހުސްގެ ދެވަނަ އެޕިސޯޑްގައި އަލިއަޅުވާލާނީ މާލެ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކާއި، ޓްރެފިކްގެ މައްސަލަތަކާއި އަދި މީގެއުތުރުން ވެސް މަގުމަތީގެ ރައްކާތެރިކަން ހައްލުކުރެއްވުމުގެ ގޮތުން މޭޔަރަލް ކެންޑުޑޭޓުން ގެންގުޅުއްވާ ވިސްނުންތަކާއި އެކުލަވާލާ ސިޔާސަތުތަކުގެ މައްޗަށެވެ. މި ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:15 ގައެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ:

ޑިމޮކްރެޓްސް: ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ސައިފް ފާތިހު

ޕީޕީއެމް/ޕީއެންސީ: ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު

އެމްޑީޕީ: އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު: ޝުއައިބު އަލީ (ފުރަހަނި ޝުއައިބު)

ޕީއެންއެފްގެ އެންޑޯސްމެންޓް: ކުރީގެ ކޮމިޝަނާރ އޮފް ޕޮލިސް ހުސެއިން ވަހީދު

“ސަންގު ބަހުސް” އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. އަދި މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ. އަދި މީގެއިތުރުން 2023 ގެ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ވެސް ސަންގު ބަހުސް ކުރިޔަށް ގެންދެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: