ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 މަސް ތެރޭގައި 50އިންސައްތަ ހައްލު މާލޭގެ މަގުތަކަށް ގެނެސްދެއްވާނަން: ޝުއައިބު

މާލެ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބް އަލީ "ސަންގު ބަހުސް" ގައި. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރުކަމާއި ހަވާލުވެވަޑައިގެން 3 މަސް ދުވަސް ތެރޭގައި 50 އިންސައްތަ ހައްލު މާލޭގެ މަގުތަކަށް ގެނެސް ދެއްވާނެ ކަމަށް އަމިއްލަ ގޮތުންވާދަ ކުރައްވާ ކެންޑިޑޭޓް ޝުއައިބު އަލީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ސަންގު ބަހުސް” ގައި ޝުއައިބު އަލީ ވިދާޅުވީ މާލޭގެ މަގުތަށް ހެދުމުގައި މީގެ ކުރިންވެސް އުޅުއްވާފައި ވާނެ ކަމަށެވެ. މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި އޭނާ މޭޔަރުކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނެ ކަންކަމު ތެރެއިން މާލޭގެ މަގުތަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޝުއައިބު ވިދާޅުވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ ތަކުގެ ތެރެއިން ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މަސައްކަތް ކުރައްވަން ޖެހެވަޑައިގަންނަވާނީ ސިޓީ ކައުންސިލާއި އަދި ފުލުހުންނާއި ގުޅިގެންކަމަށެވެ. މިހާތަނަށް މަސައްކަތްތއް ބޮއްސުން ލާފައިވަނީ ސިޓީ ކައުންސިލް ސިޔާސީ ޖަގަހަޔަކަށް ބަދަލުވެފައިވާތީ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝުއައިބު ވިދާޅުވީ މާލޭގެ ޓްރެފިކާއި އަދި މާލޭގެ ޕާކިންއަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މާލެއަށް އެތެރެވާ އުޅަނދުތަށް ހުންނަން ޖެހޭނީ ރިކޯޑް ކުރެވިފަ ކަމަށެވެ. ޝުއައިބު ވިދާޅުވީ މާލެއަކީ ރާއްޖޭގެ އެތަށް ބަޔަކު ދަތުރުފަތުރު ކުރާ ތަނެއް ކަމަށާއި އެހެން ކަމުން މަގުތަކަށް އަވަސްގޮތެއްގައޮ ބޮޑެތި ހައްލުތަކެއް ލިބެންޖެހޭ ކަމަށެވެ.

މީގެއުތުރުން ޝުއައިބު ވިދާޅުވީ މީގެ ކުރިން  މި ކަމަށް ސަމާލުކަމެއް ދެއްވާފައިނުވާތީ މިއަތު މާލެއަށް ތޮއްޖެހުމުގެ މައްސަލަ ދިމާވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: