ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދި ސިފައިން ބާލާކަށް ނާންގާ: ނޭވީ ޗީފް ހަރީ ކުމާރް

އިންޑިއާ ނޭވީ ޗީފް ހަރީ ކުމާރް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް އޯޑަރު ލިބިފައިނުވާކަން އެ ގައުމުގެ އިސް އަސްކަރީ އޮފިޝަލެއްކަމަށްވާ ނޭވީ ޗީފް އެޑްމިރަލް އާރް ހަރީ ކުމާރް ހާމަކޮށްފިއެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޑްމިރަލް ހަރީ ކުމާރް ބުނެފައިވާގޮތުން، ރާއްޖެއިން ސިފައިން ބޭލުމަށް އެދިފައިވާނަމަވެސް އިންޑިއާގެ ސަރުކާރުން ރާއްޖޭގައި ތިބި އަސްކަރީ މުއައްޒަފުންނަށް ފައިބައިގެން ދިއުމަށް މިހާތަނަށް އިރުޝާދެއް ދީފައިނުވާކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއިއެކު ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެގެންދާނެކަމަށް މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން މީގެ ކުރިން އަންދާޒާކޮށްފައިވާއިރު، ދާދި ފަހުން އިންޑިއާގެ ސިފައިން ބޭލުމަށް މުއްދަތެއް ދެއްވާފައިވާކަމަށްވުމުން ދެ ގައުމުގެ ދެމެދު މައްސަލަތައް ހޫނުވެފައިވާކަމަށް ފެނިގެންދާކަމަށާް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ރައީސް މުއިއްޒު އިންޑިއާގެ ސިފައިން ބޭލުމަށް ދެއްވާފައިވާ ތާރީހަކީ މާޗު މަހުގެ 15 ވަނަ ދުވަހެވެ.

ރާއްޖޭގެ ސަރުކާރުން އިންޑިއާ އާއި ދުރަށް ޖެހި ބައިނަލްއަގުވާމީ މައިދާނުގައި އިތުރު ގުޅުންތައް ބަދަހިކުރަމުންދާއިރު، މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާއަށް ބާރުވެރިކަން ހާސިލުކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް ސަރުކާރުންވަނީ އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ދިވެހިންނަށް ދިވެހިންގެ ކަންކަން ބެލެހެއްޓޭނެ މަގަކަށް ގައުމު އެޅުވުމުގެ ގޮތުން ފުޑް ސެކިއުރިޓީ ގާއިމުކުރުމާއި، އިގްތިސާދު ވަރުގަދަކޮށް ފުޅާކުރުމުގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައްވެސް ފައްޓާފައިކަމަށްވާއިރު، ކުރިން ކޮށްފައިވާ އަންދާޒާތަކާއި ހިލާފަށް ޗައިނާއަށް ވަޑައިގަތުމުގެ ބަދަލުގައި ރައީސް މުއިއްޒު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ ތުރުކީއަށްކަަން ފާހަގަކުރެވެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ދެ ގައުމުގެ ދެމެދު ސިފައިން ބޭލުމާއި ގުޅޭގޮތުން ހައިލެވެލް މަޝްވަރާތައް ކުރެވެމުން އެބަދެއެވެ. އަދި މިއީ ޑިޕްލޮމެޓިކް އުސޫލަކުން ކުރެވިފައިވާ މަސައްކަތްތަކެއް ކަމަށްވުމުން ސިފައިން ބާލާނީވެސް އެ އުސޫލުގެ ތެރެެއިން ކުރެވޭ މަސައްކަތްތަކެއް މެދުވެރިކޮށްކަމަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް މީގެ ކުރިން ވިދާޅުވެފައިވެއެވެ. ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާގޮތުން ދެ ގައުމުގެ ދެމެދު ކުރެވެމުންދާ މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރަމުންދާ އިންޑިއާގެ ވަސީލަތްތައް ބޭނުންކުރަމުންދިއުމުގެ މަގުފަހިވާނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.

ދެ ގައުމުގެ ދެމެދު އުފެދިފައިވާ މައްސަލައިގެ ތެރެއިން ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުންކުރުން ހުއްޓާލުމުގެ ސަބަބުން އިތުރު މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން އުމުރުން 13 އަހަރުގެ ކުއްޖެއްގެ ސިއްހީ ހާލަތު ގޯސްވެގެން އެމަރޖެންސީގައި ގެނައުމަށް އިންޑިއާގެ ވަސީލަތްތައް ބޭނުން ނުކުރިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ގޮތުން ފުރާނެއް ނުރައްކަލަށް ހުށައެޅިކަމުގެ ތުހުމަތުތައް އަމާޒުކުރަމުންދާއިރު، މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޒުވާނަކު ހޯދުމުގެ މަސައްކަތްތަކުގައިވެސް އެ ވަސީލަތްތައް ބޭނުންކޮށްފައިނުވަނީ ސިޔާސީ ނިންމުމެއްގެ މަތިންކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔާފައިވެއެވެ.

ވަރަށް ގަދަ
84%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: