ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރަން: ރައީސް ސާލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެ ގައުމުގެ ބޮޑުވަޒީރަށާއި ރައީސްއަށް ތަހުނިޔާ ރައްދުކުރައްވައިފިއެވެ.

ރައީސް ސާލިހު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި އެ ގައުމުގެ ރައީސް ޑްރޫޕަޑީ މުރްމޫއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް އަދި އެ ގައުމުގެ އެންމެހާ ރައްޔިތުންނަށްވެސް އަރިސްކުރައްވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއާއި އިންޑިއާ ދެމެދު އޮތީ އެތައް ޒަމާންތަކެއް ވެފައިވާ ގުޅުމެއްކަމަށެވެ. އަދި އެއީ މުގުރާނުލެވޭނެ ފަދަ ގުޅުމެއްކަމަށާއި ގުޅުން އިތުރަށް ވަރުގަދަވެގެންދިއުމަށް އެދޭކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ރައީސް ސާލިހު އިންޑިއާގެ ބޮޑުވަޒީރާއި ރައީސްއަށް ތަހުނިޔާ ރައްދުކުރެއްވިއިރު، އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދިޔައެވެ. އެމަނިކުފާނު އެގައުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ގައުމުގެ ސަރުކާރުންވަނީ އެގްޒިމް ބެންކު މެދުވެރިކޮށް 1.4 ބިލިއަން ހަމަޖައްސާފައިކަމަށްވާއިރު، ތިލަމާލެ ބުރިޖު ބިނާކުރެވެމުންދަނީ އެ މަޝްޜޫއުގެ ތެރެއިންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: