ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގުތައް ހިންގާ ގޮތާއިމެދު އޮންލައިންކޮށް ޝަކުވާ ހުށައެޅޭނެ ގޮތަށް ޕީޖީން ޖަމަޖައްސައިފި

ފޮޓޯ: ރަސްއޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މީހަކު ޖިނާއީ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން އެ ތަހުގީގީ އިދާރާއަކުން އެމައްސަލަ ބަލާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަމުގެ ޝަކުވާ އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ޕްރޮސެކިއުޓަރ އޮފީހުން ހަދައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފއިވަނީ މީހަކު ޖިނާއީ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން، ތަހުގީގީ އިދާރާއިން އެމައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ އެކަން ބަލައިދިނުމަށް އެދި ޕީޖީއަށް ޝަކުވާ ހުށަހެޅިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމަށެވެ.

އަދި ތަހުގީގު ހިންގާ ގޮތާމެދު މީހެއްގެ ޝަކުވާއެއް އޮތްނަމަ، އޮންލައިންކޮށް އެ ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޕީޖީން ތައާރަފްކޮށްފައިވާ ކަމަށާއި، އެ ޝަކުވާތައް ހުށަޅަން ޕީޖީ އޮފީހުގައި ޓެބެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ. ޕީޖީން ވިދާޅުވީ، ޝަކުވާ ހުށަހަޅާ ޓޭބަށް ފިތާލުމުން ފެންނަ ފޯމުގެ ގިނަ ބައި ހުންނާނީ ފުރާފައި ކަމަށާއި، ޝަކުވާ ހުށަހަޅާ މީހާ ކުރަން ޖެހޭނީ ދެ ކަމެއް ކަމަށެވެ. އެއީ އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި، އޭނާ ތަހުގީގީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެެއް އަޕްލޯޑް ކުރުމެވެ.

ޕީޖީން ވިދާޅުވި ގޮތުގައި އެ ޝަކުވާ ފޯމު ލިބޭނީ އެމައްސަލައެއް ބެލުމާ ހަވާލުވެހުރި ޕްރޮސެކިއުޓަރުގެ ސްކްރީނަށެވެ.. އެސްކްރީނުން އެހެން ސްކްރީނަކަށް ނުވަތަ އެހެން މަސައަކްތަކަށް ދެވޭނީ އެއަށް ޖަވާބު ދިނުމަށްފަހުއެވެ. އަދި ޖަވާބުދޭނެ ދުވަހެއް ނޯޓުކުރާ ވަގުތު ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭއިރު، ޝަކުވާ ހުށަހަޅާކަށްވެސް، ފޯމުގެ ޖަވާބު ހޯދާކަށް އެއްވެސް ތާކަށްދާކަށް ނުޖެހޭނެ ކަމަށްވެސް ޕީޖީން ވިދާޅުވެއެވެ.

އޮންލައިންކޮށް ޝަކުވާ ހުށަހެޅޭގޮތް ހަދާފައިވީ ނަމަވެސް، ސީދާ ކަރުދާސް ފޯމުން ނުވަތަ ސިޓީއަކުން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަަށް އެ ފުރުސަތު ކުރިއެކޭވެސް އެއްގޮތަށް އޮންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: