ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ކަމުން ވަކިވުމަށްފަހު އެއްއަހަރު ވަންދެން ވަކީލުކަން ނުކުރެވޭ ގޮތް ހަދައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު---
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ވަކިވުމަށްފަހު، އެއް އަހަރު ވަންދެން ވަކީލުކަން ނުކުރެވޭ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް ތަސްދީގު ކުރެއްވި މިބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީ ކަމުން ވަކިވުމަށްފަހު ފުރަތަމަ އެއްހަރުގެ މުއްދަތުގައި ޕީޖީގެ ހައިސިއްޔަތުން އެ މީހަކު އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، އެ މަގާމުން ވަކިވާ މީހަކު ކޮށްގެން ނުވާނެ އެވެ.

މި ބިލަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. އެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ މަހު އޮގަސްޓު 31 ވަނަ ދުވަހުއެވެ.

މި ބިލާއެކު މީގެ ކުރިން ޕީޖީކަމުން ވަކިވުމާއެކު މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަށް އޮތް ފުރުސަތު މިއަދު ތަސްދީގު ކުރެއްވި އިސްލާޙާއެކު ނޯންނާނެއެވެ.

މި އިސްލާހައް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: