ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އޮންލައިންކޮށް އެދެވޭގޮތަށް ޕީޖީ އޮފީހުން ހަމަޖައްސައިފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް---- ފޮޓޯ:އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އޮންލައިންކޮށް އެދެވޭ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިފިއެވެ.

ހުސެއިން ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވަނީ މިހާރު އެ އޮފީހުގެ ވެބްސައިޓަށް އެމީހެއްގެ އީފާސް ލޮގްއިން ބޭނުންކޮށްގެން ވަނުމުން އެޕްލިކޭޝަންތަކުގެ މެނޫއިން “ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން” ކިޔާ ޓެބެއް އޮންނާނެކަމަށެވެ. އެޓެބަށް ފިތާލުމުން އޮންލައިންކޮށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ހުށައެޅޭގޮތަށް އެ ފޯމު ފަރުމާކޮށްފައިވާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ފޯމުގައި ފުރަންޖެހޭ ނަމާއި އެޑްރެހާއި އީމެއިލާއި އެނޫން ވެސް އީ- ފާސްގައި ހުންނަ މައުލޫމާތު ހުންނާނީ އޮޓޮމެޓިކުން ފުރިފައިކަމަށާއި އިތުރަށް ފުރަން ޖެހޭނީ އެ މީހަކަށް ދިމާވި ހާދިސާއާބެހޭ މައުލޫމާތު ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ ގެވެށި އަނިޔާލިބޭ ހާލަތެއްގައި ހުރި މީހަކަށް ރައްކާތެރި މާހައުލަކަށް (މިސާލަކަށް، ފުލުސް އޮފީހަށް ނުވަތަ އިޖްތިމާއީ ހިދުމަތްދޭ ތަނަކަށް) ދެވުމުން މިފޯމު އޮންލައިންކޮށް ފުރައިލެވޭނެ ކަމަށެވެ. އަދި އެމީހަކު އެ ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން ނެގުމުން އެކޯޓެއްގެ އީމެއިލް އެޑްރެހަށް އެކޯޓެއްގެ ލެޓަރ ހެޑުގައި ފޯމު ފޮނުވުމުގެ ހިދުމަތް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވާނެ ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ މި ހިދުމަތް އިންލައިންކޮށް ބަދަލުކުރުމުން ގެވެށި އަނިޔާ ތަހައްމަލުކުރަމުންދާ މީހަކު ނުވަތަ އެފަދަ އަނިޔާއެއްގެ ހާލަތެއްގައި ހުރި މީހާ ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ. އެހެންކަމުން ޕީޖީ އޮފީހުން ފޯރުކޮށްދޭ ހިދުމަތަކީ ފޯމު ފޮނުވަން ޖެހޭ ކޯޓަށް އެ އީމެއިލް ފޯވާޑް ކޮށްދިނުންކަމަށާއި އެހެންނަމަވެސް ފޯމުގައި ހިމެނޭ އެއްވެސް މައުލޫމާތެއް ޕީޖީ އޮފީހަށް ނޭނގޭނެ ކަމަށާއި އެ ފޯމުގެ ސިއްރު ހިފެހެއްޓިފައި އޮންނާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ ފޯމުގައި ހުރި ކަންކަމަކީ ފޯމު ފުރާމީހާއާ ކޯޓާ ދޭތެރޭ ކުރާ މުއާމަލާތެއްކަމަށެވެ. ޕީޖީ އޮފީހުން މި ޕްރޮސެސްގައި ހަމައެކަނި ކޮށްދޭކަމަކީ އެފޯމު ފުރައިލުމުގެ ކަންތައް ރައްޔިތުންނަށް ލުއި ފަސޭހަކޮށްދީ އަދުލު އިންސާފަށް ވާސިލުވާން ހުރި މަގުތައް ފަސޭހަކޮށްދިނުން ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.

ޕީޖީ އޮފީހުގެ 2024 ވަނަ އަހަރުގެ އެއް އަމާޒަކީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ދައުލަތުގެ އިދާރާތަކުން އަޅައިލާ މިންވަރު ރަނގަޅުކޮށް ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ސަރވިސްއެއް އުފެއްދުންކަމަށް ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: