ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭ ހާއްސަ ޕްރޮގްރާމެއް ފަށައިފި

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން/ ފޮޓޯ:
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ހަރަކާތްތައް ހަރުދަނާ ކުރުމުގެ ގޮތުން ‘ކޮމްބެޓިންގ ޑޮމެސްޓިކް ވައޮލެންސް’ ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މި ޕްރޮގްރާމު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ ޖެންޑަރ މިނިސޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އެވެ.

ޖެންޑަރ މިނިސްޓްރީ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ތެރެއިން ގެވެށި އަނިޔާގެ އަމަލެއް ހިނގާ ހިނދު، އެކަމަށް އިޖާބަ ދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އަދި ގެވެށި އަނިޔާގެ ގާނޫނާއި އެފަދަ މައްސަލަތައް ދެނެގަންނާނެ ގޮތް މުއައްސަސާތަކާއި ކަމާއި ބެހޭ ފަރާތްތަކުން ތަމްރީނު ކުރެވިގެން ދާނެއެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތްކުރަންޖެހޭ ގޮތް ވެސް މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނު ކުރެވިގެންދާނެއެވެ.

5 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 5 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަދަ މައްސަލަތަކުގައި ހޭލުންތެރިކަން އިތުރުކުރުމަށް 16 ދުވަހުގެ ކެމްޕެއިނެއްވެސް ކުރިއަށް ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: