ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭއާއި ދެމެދު މައްސަލަތައް އުފެދުނީ އިންޑިއާގެ ސަބަބަކުން ނޫން: އިންޑިއާގެ މަޖިލިސް މެމްބަރެއް

އިންޑިއާގެ މަޖިލިސް މެމްބަރު ޝަޝީ ތަރޫރް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ދެމެދު އޮތް ގުޅުން ހީނަރުވެގެންދިއުމުގައި އިންޑިއާގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިނުވާނެކަމަށް އެ ގައުމުގެ މަޖިލިސް މެމްބަރު ޝަޝީ ތަރޫރް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން އެ ގައުމުގެ މަޖިލިސް މެމްބަރަކުވަނީ ރާއްޖޭގައި ތިބި ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އުފެދިފައިވާ މައްސަލައިގައި އެ ގައުމުގެ އިހުމާލެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަތައް އުފެދިފައިވަނީ ރާއްޖޭގައި އަލަށް ގާއިމުވެފައިވާ ސަރުކާރުގެ ސަބަބުންކަމަށް ސިފަކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ތަރޫރް ވިދާޅުވެފައިވާގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ޝުކުރުވެރިކަމަކީ ދިގު މުއްދަތަކަށް ދެމި އޮންނަ އެއްޗެއް ނޫނެކަމަށެވެ. އަދި އިންޑިއާއިންވަނީ ރާއްޖެއަށް އެތައް ކަމެއް ކޮށްދީފައިކަމަށާއި އެކަންކަމުގެ ތެރޭގައި ބަގާވާތެއް ހުއްޓުވުމާއި ފެނުގެ ސަޕްލައި ފޯރުކޮށްދިނުންވެސް ހިމެނޭކަމަށެވެ. އެހެންމަަވެސް މިފަދަ ގުޅުންތައް ބައްޓަންކުރުމުގައި އެފަދަ އަމަލުތައް މާ ބޮޑު ދައުރެއް އަދާނުކުރާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ޖުމުލަގޮތެއްގައި ބޯޑަރު ސަަރަހައްދުތަކުގައި ކަންކަން ކުރިއަށް ދަނީ ރަނގަޅަށެވެ. އަދި މައްސަލަތައް ދިމާވާނަމަވެސް އެ ހުރިހާ މައްސަލައަކީ އިންޑިއާ ސަަބަބުން ކުރިމަތިވެގެން އަންނަ މައްސަލަތައް ނޫންކަމަށް ބުނެފައިވާއިރު، ހާރިޖީ މަސައްކަތްތަކުގެ ތެރެއިންވެސް އެ ގައުމުގެ މަސްލަހަތާއި ޝައުގުތައް އިސްކުރުމަށްވެސް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: