ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ބަޖެޓުން ރާއްޖެއަށް ދޭ ފައިސާގެ އަދަދު އިތުރުކޮށްފި!

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ވަގުތީ ބަޖެޓުގައި ރާއްޖެއަށް އެހީ ދިނުމުގެ ގޮތުން ކުރިއަށް ވުރެވެސް ބޮޑު އަދަދެއް ހިމަނާފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ “ވިއޯން” އިން ރިޕޯޓުކޮށްފައިވާގޮތުން ސަރުކާރުންވަނީ އަލަށް އެކުލަވާލާފައިވާ ބަޖެޓުގެ ވަގުތީ ހިސާބުތައް ހިއްސާކޮށްފައެވެ. އަދި ބަޖެޓުގައި ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިމަނާފައިވާ އަދަދަކީ ކުރިން ދީފައިވާ އަދަދުތަކާއި ބަލައި ބޮޑު އިތުރުކުރުމެއް ކަމަށް ހިއްސާކޮށްފައިވެއެވެ.

އެ ނޫހުން ބުނެފައިވާގޮތުން، ރާއްޖެއަށް މި އަހަރުގެ ތެރޭގައި އެ ގައުމުން ދިނުމަށް ކަނޑައެޅިފައިވަނީ 7.7 ބިލިއަން އިންޑިއާ ރުފީސް ނުވަތަ 95.2 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއްކަމަށެވެ. އަދި މި އަހަރު އެންމެ ފުރަތަމަ ދިނުމަށް ކަނޑައެޅީ 4 ބިލިއަން ރުޕީސްކަމަށާއި މިއާއިއެކު ރާއްޖެއަކީ އެންމެ މަތީ އަދަދުން އެ ގައުމުން އެހީތެރިކަން ފޯރުވާ އަވައްޓެރި ގައުމުތަކުން އެއް ގައުމަށް ވެފައިވާކަމަށްވެސް ސިފަކޮށްފައިވެއެވެ.

ރާއްޖެއަށް ދޭ ބަޖެޓު ބޮޑުކުރުމުން އެ ގައުމުން ރާާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެއްބާރުލުން ދޭން ތައްޔާރުކަން ފެނިގެންދާކަމަށްވެސް ރިޕޯޓުގައިވާއިރު ގްރޭޓާރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުއާއިއެކު އިންޑިއާ އަކީ މިހާރު ރާއްޖޭގައި ހިންގާ އެންމެ ބިޔަ ތަރައްގީގެ ބައިވެރިޔާކަމަށްވެސް ބުނެފައިވެއެވެ. އިންޑިއާއިން ދެން ފާސްކުރާ ބަޖެޓެއްގައި ރާއްޖެއަށް 6 ބިލިއަން ރުޕީސް ދޭން މިހާރުވެސް ކަނޑައެޅިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އެ ނޫހުން ބުނެފައިވާގޮތުން، ނޭޕާލް އާއި އަފްގާނިސްތާނަށް ދޭ ބަޖެޓުވެސް ބޮޑުކޮށްފައިވެއެވެ. އެގޮތުން ނޭޕާލަށް އެއް ބިލިއަން ރުފީޒް އިތުރުކޮށްފައިވާއިރު އަފްގާނިސްތާނަށް އިތުރުކޮށްފައިވަނީ 200 މިލިއަން ރުޕީޒްކަން ފާހަަގކުރެވެއެވެ. ބޫޓާނަށް 24 ބިލިއަން ރުޕީޒް އާއި ގާތްކުރާ އަދަދެއް ދިނުމަށް ވަގުތީ ބަޖެޓުގައި ހިމަނާފައިވާކަމަށާއި އެ އަދަދުން އެ ގައުމުގައި އިންޑިއާގެ މުހިންމުކަން ރަމްޒުކޮށްދޭކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
19%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: