ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އެ ގައުމުން ގެންދާނެ: ރައީސް

ރައީސް ޑރ. މުއިއްޒު ފުރަތަމަ ރިޔާސީ ބަޔާން އިއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މޭ މަހުގެ 10 ދުވަހުގފެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓަރީ ސިފައިން ގެންދިއުމަށް ދިވެހި ސަރުކާރުން އިންޑިއާގެ ސަރުކާރަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒުގެ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ބޮޑު ޒިންމާއާ އެމަނިކުފާނު ހަވާލުވިއިރު، ވީ އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދު ކަމަށެވެ. ދިވެހި ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަތެއް، އެމަނިކުފާނުގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިޢަތެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. 

ދިވެހި ގައުމުގެ އެންމެ މަތީ ވަލީއާ ޙަވާލުވުމާއެކު، މި މުހިންމު ޤައުމީ މަސައްކަތް ފެއްޓެވި ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ދޭދޭ ޤައުމުތަކުގެ މެދުގައި މުޢާމަލާތުކުރާން އޮތް ޑިޕްލޮމެޓިކް ހަމަތަކުގެ މަތީން މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންގޮސްދެއްވުމަށް އެ ގައުމުގެ ސަރުކާރުގައި އެދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމުގެ މަޝްވަރާތައް ކުރަމުންދާއިރު އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޤާއިމްވެތިބި އިންޑިއާގެ 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ އޮފިސަރުން 10 މާރިޗު 2024ގެ ކުރިން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ އޮފިސަރުން ގެންދިއުމަށް އަންގާފައިވާކަން ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އިންޑިއާއަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާނުކުރާނެކަން ރަސްމީ ހަމަތަކުގެ މަތީން އިންޑިއާގެ ސަރުކާރަށް އަންގާފައޮވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް އެމަނިކުފާނު ދޫނުދެއްވާނެ ކަމަށާއި ދެމި ހުންނަވާނީ އެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.   

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: