ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 މީހުންނަށް މި ދައުރުގައި ހައްޖުވުމުގެ ފުރުސަތު ސަރުކާރުގެ ހަރަދުގައި ދޭނަން: ރައީސް

ރައީސް ޑރ. މުއިއްޒު ފުރަތަމަ ރިޔާސީ ބަޔާން އިއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުން މި ދައުރުގައި ހައްޖުވުމުގެ ފުރުސަތު ސަރުކާރުގެ ހަރަދުގައި ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ. މުއިއްޒު އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ މި އަހަރުތެރޭގައި 50 ފަޤީރުންނަށް ސަރުކާރުގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި “މޯލްޑިވްސް ޒަކާތު ހައުސް” ގާއިމް ކޮށްފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ  ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ވާނީ، ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރަމަޟާންމަހަށް ކަމަށެވެ. އަދި އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހިކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވޭތުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ފިޠުރު ޢީދާ، އަދި މިނޫން އިސްލާމީ މުނާސަބާތަކާ ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން  ފާހަގަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި  ރައްޔިތުންގެ ދީނީހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެތެރެއިން އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

މީގެއިތުރުން ދުނިޔޭގެ ބަދަލުވަމުން މިދާ އޮއިވަރުގައި ދިވެހި ޅަ ޒުވާން ސިކުނޑިތައް ޖެހި، ދިވެހިވަންތަކަމާ ދިވެހި ޤައުމިއްޔަތާ ފެޔަށް ޖެހުނަ ނުދިނުމަށްޓަކައި، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހީންގެ ގައުމީ ތަރިކަ ސަލާމަތްކުރުމަށް، އެކަމަށްޓަކައި ޚާއްޞަ ވުޒާރާއެއް އުފައްދައި، ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

މިގޮތުން ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިގޮތުން ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު ގާއިމް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަރުކަޒުގެ މައިގަނޑު ބޭނުމަކީ ދިވެހިންގެ އަސްލުވަންތަކަމާ ގުޅޭ ބަހާތައް ދިރާސާކޮށް ކަމާބެހޭ ޢިލްމީ އޮނިގަނޑުތަކުގެ އަލީގައި ދިވެހިވަންތަކަމާ އެއްގޮތަށްޕެޓަރން ކުރުމެވެ. މި މަސައްކަތަށް ބޭނުންވާ 10 ވިލަރެސްވެރިންނާ 50 ފީލްޑްދިރާސާވެރިން ހޯދައި މަސައްކަތް ފެށިގެންދާނެކަން ފާހަގަކޮށް ރައީސް ޑރ މުއިއްޒު ވިދާޅުވީ މި މަސައްކަތުގެ ފުރަތަމަ ހަމަސްދުވަހަށް ފަހު، ސަރުކާރުގެ ހުރިހައި މުއައްސަސާއެއްގެ މުވައްޒަފުންނަށް ޤައުމިއްޔަތުގެ ޢިލްމު ފޯރުވައިދިނުމުގެ ޢަމަލީ ޕްރޮގްރާމުތައް މި މަރުކަޒުން ފަށާނެ ކަމަށެވެ. 

މީގެއިތުރުން ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ މުޤައްރަރުގައި ހިމަނައިގެން އަންނަ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށާނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ ސްކޫލްތަކުގެ އެސެމްބްލީ ޤައުމީ ސަލާމުން ފެށުމުގެ އާދަ ހިފަހައްޓަން މި 2024 ވަނަ އަހަރާއެކު ފަށާފައިވާއިރު، ޤައުމީ ލޯބި ހުރި ދިވެހިވަންތަ ޖީލެއް ބިނާކުރުމަށް ކުރަން ހުރި މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށާއި އެންމެން މި މުހިންމު ޤައުމީ މަސައްކަތުގައި ބައިވެރިވުން ލާޒިމް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: