ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ގެންދިޔަ ގޮތައް ސަރުކާރުން އޭސީސީ ގަނެލާފައިވާކަމަށް ތުހުމަތުކޮށްފި

ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލިސް މެމްބަރުން ސަރުކާރު ހިންގާ ޕާޓީއަށް ގެންދިޔަ ގޮތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވެސް ސަރުކާރުން ގަނެފައިވާ ކަމުގެ ތުހުމަތު، ވެލިދޫ ދާއިރާގެ މެމްބަރު، މުހައްމަދު އަބްދުﷲ ޝަފީގު ކުރައްވައިފިއެވެ.

މަޖިލީހުގެ ޖަލްސާއަށް މިއަދު ހުށަހެޅި ބޯހިޔާވަހިކަމުގެ މައްސަލައިގައި ބަހުސް ކުރައްވަމުން ޝަފީގު ވިދާޅުވީ، ވަރަށް ފަހުން މަޖިލީހުގެ 14 މެމްބަރަކު ސަރުކާރަށް ގަނެގެން ގެންގޮސްފައިވާ ކަމުގެ އަޑު އިވިފައިވާ ކަމަށެވެ. އަދި އެ މެމްބަރުން ގެންދެވި ގޮތަށް އޭސީސީގެ މެމްބަރުން ވެސް މިސަރުކާރުން ގަނެފައިވާކަމަށް ޝަފީގް ތުހުމަތު ކުރެއްވިއެވެ.

“އަޅުގަނޑަށް ހަމަ ހީވަނީ އެ މެމްބަރުން އެގެންދެވި ގޮތަށް އޭސީސީގައި ތިއްބެވި ފަސް މެމްބަރުން ވެސް އެވަނީ ސަރުކާރަށް ގަނެފައި ހެން” ޝަފީގު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ، އޭސީސީގެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން އެކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭސީސީއަކީ ވަކި ފަރާތެއްގެ ނުފޫޒަކަށް ބެލުމެއް ނެތި، މިނިވަން ކަމާއިއެކު މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާއިރު، މިހާރު ފެނިގެން ދަނީ އެ ކޮމިޝަނުން ކޮރަޕްޝަންގެ އަމަލެއް ހިންގަމުން އަންނަ މަންޒަރު ކަމަށެވެ.

އެގޮތުން ފްލެޓް ހައްގުވާ ފަރާތްތަކަށް ފްލެޓް ނުދީ، ސަރުކާރަށް ސިޔާސީ ބޭނުން ހާސިލުކޮށްދިނުމަށްޓަކައި ވަގުތު ދިގު ދަންމަމުން އަންނަ މަންޒަރު ފެންނަ ކަމަށާއި، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނު ކުރުމަށްޓަކައި ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ފްލެޓްތައް އަތުލައި، ނާޖައިޒު ފައިދާ ނަގަމުން އަންނަތަން ފެންނަ ކަމަށް ޝަފީގު ވިދާޅުވިއެވެ.

މިމައްސަލައަކީ ރައްޔިތުންގެ މަސްލަހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައެއް ކަމުން ލަސްނުކޮށް ފްލެޓްތައް ހައްގުވާ ފަރާތްތަކަށް އެފްލެޓްތައް ދިނުމަށް ޝަފީގު ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: