ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް 20 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާނެ: އަސްލަމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީންނާއި އަދި މާލިޔަތު ކޮމިޓީން ފާސްކޮށް އިދާރީ މުވައްޒަފުންގެ އަސާސީ މުސާރައަށް 20 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާކަމަށް މަޖިލީހުގެ ރައިސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށްޓަކައި ބޭއްވި ހަފްލާގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ އިދާރީ މުވައްޒަފުންނާއި ބައްދަލުކުރުމުން ދެ ކަމެއް ފާހަގަ ކުރެވުނު ކަމަށެވެ. އޭގެތެރެއިން މުވައްޒަފުންގެ މުސާރަ އެތައް ދުވަހެއްވަންދެން ބޮޑުނުވެ އޮތްކަމުގެ ޝަކުވާ ލިބިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މިފެށުނު އައު އަހަރާއިއެކު އެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާ. ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަކުރައްވާ އެއީ އެހެން ތަންތަނުގެ އިދާރީ މުވައްޒަފުންނަށް ލިބިފައިވާ ފުރުސަތެއްކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް އެފުރުސަތު ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ދިނުމުގެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުން އިންތިޒާމު ކުރެވެންޖެހޭކަމެއް ކަމަށާއި، މިކަން ކުރުމަށްޓަކައި މަޖިލީހުން ވަކި ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލިސް އުފެދުނުތާ 92 އަހަރުވެފައިވާކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ މަޖިލިސް އުފެދިގެން ދިއުމަށްފަހު މަޖިލިސްގެ އިދާރީ މަސައްކަތް ކުރައްވަން ބަޔަކު އައްޔަނު ކުރެއްވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އޭގެޒާތުގައި ހިނގަމުން ދަނީ އިދާރީ މުވައްޒަފުންގެ ބުރަ މަސައްކަތުންކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މަޖިލީހަކީ ސިޔާސީ ތަނެއް ކަމަށާއި މަޖިލީހުގައި ތިއްބަވަނީވެސް ސިޔާސީ އެކި ޕާޓީތަށް ތަމްސީލު ކުރައްވާ މެންބަރުން ކަމަށެވެ.

އިދާރީ މުވައްޒަފުން މެންބަރުންނަށް ހިދުމަތް ދިނުމުގައިވެސް ވަކި ފިކުރަކަށް ނުބައްލަވާ ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ނުބަލާ ކަންކަން ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން އެއީ މިހާރު ހިނގަމުން މިދާ ސިޔާސީ އޮއެވަރުގައި ވަރަށް ސާބިތުކަމާއެކު ކުރައްވާ މަސައްކަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް ގެ ހައިސިއްޔަތުން ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: