ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހަފްލާއެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބް، ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބް (ޕެމާ) އިން އިންތިޒާމްކޮށްގެން އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށްޓަކައި ހަފްލާއެއް ބާއްވައިފިއެވެ.

ރއްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގުވަޒަން ކުރުމަށްޓަކައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ 17 ވަނަ މަޖިލީހުގެ ރައީސް, އަދި ކުރީގެ ފޮރިން މިނިސްޓަރ ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްﷲ ޝާހިދު އެވެ. އެހަފްލާގައި އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ އަދި ހިދުމަތުގެ ލޯ މެޑަލްއާއި ރިހި މެޑަލް އަދި ރަން މެޑަލް ވަނީ އަރުވާފައެވެ.

0 – 5 – އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް ޕެމާގެ ފަރާތުން ޝުކުރު ޓޯކަން ވަނީ ދެއްވާފައެވެ.
5 – 10 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހަނދާނީ ލިޔުން ވަނީ ދެއްވާފައެވެ.
10 – 15 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހަނދާނީ ފިލާ ވަނީ ދެއްވާފައެވެ.
15 – 20 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހިދުމަތުގެ ލޯ މަޑަލް އަދި ހަނދާނީ ލިޔުން ވަނީ ދެއްވާފައެވެ.
20 – 25 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހިދުމަތުގެ ރިހި މަޑަލް އަދި ހަނދާނީ ލިއުން ވަނީ ދެއްވާފައެވެ.
25 އަހަރުން މަތި – ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހިދުމަތުގެ ރަން މަޑަލް އަދި ހަނދާނީ ލިއުން ވަނީ ދެއްވާފައެވެ.

ޕެމާގެ ޝުކުރުގެ ޓޯކަން 58 މުވައްޒަފުންނަށް، ހަނދާނީ ލިޔުން 7 މުވައްޒަފުންނަށް، ހަނދާނީ ފިލާ 34 މުވައްޒަފުންނަށް، ލޯ މެޑަލް 57 މުވައްޒަފުންނަށް، ރިހި މެޑަލް 10 މުވައްޒަފުންނަށް ލިބިފައިވާއިރު ރަން މެޑަލް ލިބިފައިވަނީ 5 މުވައްޒަފަކަށެވެ.

“މިއީ 12 އަހަރުފަހުން މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މި ގޮތަށް ބޭއްވި ހަފްލާއެއް. ޕެމާއިން މިފަދަ ހަފްލާއެއް ބޭއްވުމުގެ މަޤްސަދަކީ މުވައްޒަފުންކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުން.” ޙަސަން ޒިޔާޢު, ޕެމާގެ ނައިބު ރައީސް އަދި މަޖިލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ވިދާޅުވިއެވެ.

ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއާއި މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: