ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ޒިންމާތައް އަދާނުކުރާ ގައުމުތަކަށް ހަމަލާ ދޭން ރަޝިއާއަށް ބާރު އަޅާނަން: ޓްރަމްޕު

ޓްރަމްޕު އަދި ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭނާގެ ވެރިކަމެއްގައި އެމެރިކާއާއިއެކު އެއްބަސްވެފައިވާ ގޮތަށް މާލީ ޒިންމާތައް އަދާނުކުރާ ގައުމުތަކަށް ހަމަލާތައް ދިނުމަށް ރަޝިއާއަށް ހިތްވަރުދޭނެކަމަށް އެމެރިކާގެ ރައީސްކަމަށް ވާދަކުރާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން ބުނާގޮތުން އެމެރިކާގެ ރައީސްކަމަށް ދެވަނަ ފަހަރަކަށް އައުމަށް މަސައްކަތްކުރަމުންދާ ޑޮނަލްޑް ޓްރަމްޕްވަނީ މީޑިއާތައް ސިއްސުވާލާފަދަ ވާހަކައެއް ހާމަކޮށްފައެވެ. އެގޮތުން އެ ގައުމަށް މާލީ ގޮތުން ޒިންމާތަކެއް އާދާކުރަން ޖެހި ނުކޮށް ތިބޭ ނޭޓޯގެ ގައުމުތަކަށް ހަމަލާ ދިނުމަށް ބާރު އަޅާނެކަމަށް ޓްރަމްޕް ވިދާޅުވިކަމަށާއި ވައިޓް ހައުސްއިން އެކަމާއި ދެކޮޅަށް ޝުއޫރު ފާޅުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާއިން ޔޫކްރެއިނަށް ވާގިވެރިވަމުންދިއުމާއިމެދު ހިޔާލު ތަފާތު ޓްރަމްޕު ރަޝިއާއިއެކު ނޭޓޯގެ ގައުމުތަކާއި ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވީ، ދާދި ފަހުން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައެެވެ. އަދި އޭނާ ނޭޓޯގެ އެލައެންސް އާއި،މެދުވެސް އެއްބަސްވެވަޑައިނުގަންނަވާކަން ފެނިގެންދާނަމަވެސް އެމެރިކާއިންވަނީ އެ ޖަމާއަތުގައި ހިމެނޭ ގައުމުތައް ދިފާއުކުރުމަށް ވައުދުވެފައިކަމަށް ބުނެފައިވެއެވެ.

ޓްރަމްޕު ހާމަކުރެއްވިގޮތުން އޭނާވަނީ ނޭޓޯގެ ބައްދަލުވުމެއްގެ ތެރޭގައި އެކަމާއިމެދު ވާހަކަދައްކަވާފައިކަމަށެވެ. އެގޮތުން އޭނާގެ ލީޑަރޝިޕުގައި އެމެރިކާއިން އެއްވެސް ނޭދެވޭ އަމަލުތައް ހިންގާ ގައުމަކަށް ވާގިވެރިނުވާނެކަމަށް އެހެން ގައުމެއްގެ އިސްވެރިޔަކާއި ހިއްސާކުރެއްވިކަމަށާއި އެ ވާހަކައާއިއެކު ރަޝިއާގެ ހަމަލާއިން ދިފާއުކުރާނެތޯ އެހެން ގައުމެއްގެ ރައީސް އަކު އެހުމުން ނޭދެވޭ ގޮތަކަށް އަމަލުތައް ހުންނަ ނަމަ އަދި މާލީ ޒިންމާތައް އަދާ ނުކުރާ ނަމަ ސަލާމަތީ އެހީ ނުދެއްވާނެކަމަށް ހިއްސާކުރެއްވިަކަމަށެވެ.

އޭނާ ވިދާޅުވީ، އޭގެ ބަދަލުގައި އެ ގައުމުން އެފަދަ މީހުންނަށް ބޭނުން ކަމެއް ކުރުމަށް ބާރު އަޅުއްވާނެކަމަށާއި ދައްކަން ޖެހޭ ފައިސާތައް ދައްކަންޖެހޭނެކަަމާއި ބިލުތައް ދައްކަން މަޖުބޫރުކަަމަށްވެސް ފާހަަގަކުރެއްވިއެވެ.

ވައިޓް ހައުސްގެ ފަރާތުން މީޑީއާތަކަށް މައުލޫމާތު ދިން އޮފިޝަލަކުވަނީ ޓްރަމްޕުގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އެއީ އެންމެ ގާތް ގައުމުތަށް ހިފުމަށް ނުލަފާ ދައުލަތްތަކަށް ހިތްވަރުދިނުންކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެކަމުގެ ސަބަބުން އެމެރިކާއަށްވެސް ނުރައްކާތައް ކުރިމަތިވެގެންދާކަމަށް ބުނެފައިވާއިރު، އެކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށްވެސް ބޮޑެތި އަސަރުތައް ކުރާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: