ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ވަނަ ބޮޑު ހަނގުރާމަ ފެށެން ވަރަށް ގާތްވެއްޖެ: ޓްރަމްޕު

ޓްރަމްޕާއި އެޑްވައިޒަރ ހޯޕް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ ފެށުމާއި ގާތްވެފައިވާކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަމްޕު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރެއްވި ވީޑިއޯއެއްގައި ޓްރަމްޕު ވިދާޅުވީ، މިހާރަށް ވުރެ ދުވަހަކުވެސް ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ ގާތް ނުވާކަމަށެވެ. އޭނާ ވިދާޅުވީ، ހަނގުރާމަތަކަށް ބާރުލިބިގެންދާ ފަދަ އަމަލުތައް ހިންގަމުންދާ ފަރާތްތަކާއި، އެފަދަ ކަންކަން ކޮންޓްރޯލް ކުރަމުންދާ ފަރާތްތައް ފަދަ މީހުން އެ ގައުމުގެ ހުންގާނާއި ދުރަށް ލާން ޖެހިފައިވާކަމަށެވެ.

ސަރުކާރާއި ގައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޓްރަމްޕު ވިދާޅުވީ، ޒަމާންތަކެއްގެ ތެރޭގައިވެސް ހަނގުރާމައެއް ފަށާފައިނުވާ ހަމައެކަނި ރައީސްގެ މަގާމު އެނާއަށް ލިބިވަޑައިގެންނެވީ ސަބަބުތަކެއް މެދުވެރިވެގެންކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާއަކީ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ފަދަ އިރުޝާދު ދެމުންދާ ވޮޝިންޓަނުގެ ޖެނަރަލުންގެ ބަސް އަޑު ނޭއްސެވި ހަމަ އެކަނި ރައީސް ކަމަށެވެ. އަދި އޭނާ އަކީ މައްސަލަ އުފެއްދުމުގެ މަސައްކަތް އެކަނި ކުރަން އެނގޭ ޑިޕްލޮމެޓުން ފަދަ މީހުންނަށްވެސް ނޫނެކޭ ބުނި ފުރަތަމަ ރައީސް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެފަދަ މީހުންނަށް އެނގޭނީ މައްސަލަތައް އެފުއްދަން އެކަނި ކަމަށެވެ. އަދި މައްސަލަތައް ނިމުމަކަށް ގެންނަން ނޭނގޭކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މައްސަލައެއްގައި ޖެހުމަށް ބޭނުންވާ އެތައް ބަޔަކު ދަނީ އެ ގައުމުގެ އިސް މަގާމުތަކުގައި ޒަމާނުއްސުރެ ހަރަކާތްތެރިވަމުންކަމަށެވެ. އަދި އެ މީހުން ބޭނުންވަނީ އިރާގުގައި ހިނގި ފަދަ ކަންކަން ހިނގުމަށް ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕު ވިދާޅުވީ، އެހެންކަމުން މިހާރު ދުނިޔެ އޮތީ ތިންވަނަ ބޮޑު ހަނގުރާމަ އާއި ވަރަށް ގާތުގައިކަމަށެވެ. އޭނާ ވިދާޅުވީ، ގިނަ އަދަދެއް މީހުން މި ވާހަކަތަކާއި ދެކޮޅު ހަދާނެކަމަށްވީނަމަވެސް، އޭނާ އަކީ ގިނަ އަދަދެއްގެ ކަންކަން ވެގެންދާނެ ގޮތް ކިޔައިދެއްވާފައިވާ މީހެއްކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޔޫކްރެއިންގައި މީގެ އަހަރު ދުވަސްކުރިން ފެށިގެންދިޔަ ހަނގުރާމައަކީ އޭނާގެ ވެރިކަމުގައި ނުހިނގާނެކަންކަން ކަމަށެވެ.

ވަރަށް ގަދަ
92%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: