ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އުނގުލު” އުނގޫފާރުގެ އިހްތިސާސްގެ ތެރެއަށް ވައްދާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުނގޫފާރުގެ އިހްތިސާސް ތެރެއަށް އެ ރަށު ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ އުނގުލު ވައްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކި ރަށްރަށަށް ވަޑައިގެން ވައުދު ވެވަޑައިގަންނަވަނީ ވައުދުތައް ފުއްދަވަން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ. އެހެންކަމުން ރ އަތޮޅުގެ ވެރިރަށް އުނގޫފާރަށް ވަޑައިގެން ރައީސް ވިދާޅުވީ އެރަށަށް ކެމްޕެއިން ތެރޭގައިވެސް ގިނަ ވައުދުތަކެއް ވެފައިވާ ކަމަށާއި އެރަށުގެ ކައުންސިލާ ވެސް އެކަމާއި ގުޅިގެން މަޝްވަރާތައް ކުރައްވާފައިވާނެ ކަމަށެވެ.

ހައުސިން މަޝްރޫއުގެ ވާހަހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހައުސިން މަޝްރޫއުގެ ކަންކަން ކުރިއަށްގެންދާނީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ލޯނާއި އެކި ކަހަލަ ފައިނޭންސިންގެ ހިދުމަތްތައް ގެދޮރުވެރި ކަމަށް ހުޅުވާދެއްވާނެ ކަމަށް ރައިސް ވިދާޅުވިއެވެ. ސަރަހައްދީ ތަރައްގީ އާއި އާބާދީއާއި ތަރައްގީ އެއްފަސްކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގައި ބައްލަވާއިރު ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އިސްކަންދޭ ރަށްތަކުގެ ތެރޭގައި އުނގޫފާރު ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އިތުރަށް ތަރައްގީކޮށް އާބަން ސެންޓަރު ތަކެއްގެ ގޮތުގައި ރާއްޖޭގައި ތަރައްގީ ކުރާނެ 7 ސަރަހައްދެއް ކެމްޕެއިން ތެރޭގައި ހުށައެޅިން. އަޅުގަނޑު ދެންނެވިން ރާއްޖޭގެ މެދު ރާސްތާ އަދި ދުރު ރާސްތާގެ ތަރައްގީއަށް ބަލައި ރާއްޖޭގެ އެންމެ އުތުރުގެ 4 ރަށެއްގެ އިންޓަރގްރޭޓެޑް ޑެވެލޮޕްމެންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 ރަށެއްގައި އިންޓަރގްރޭޓެޑް ޑެވެލޮޕްމެންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި 7 އާބަންސެންޓަރުގެ މަސައްކަތް ކުރާނަމޭ. އޭގެތެރެއިން އެއް ރަށް މިރަށަކީ” ރައީސް ވިދާޅުވިއެވެ.

އުނގޫފާރުގައި ހިނގަމުންދާ މަޝްރޫތަކުތެރެއިން އެންމެ ފާހަގަކޮށްލެމޭ މަޝްރޫއަކީ ސްކޫލްގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.  ރައީސް ވިދާޅުވީ އެކަން ކުރެވޭނެ ގޮތް މަގުފަހިކޮށް ސްކޫލުގެ އިންފްރާސްޓަރަކްޗަރ ގާއިމްކުރުމަށްޓަކައި ފެށިގެން ދިގުލަިއިގެންދާ ކަންކަން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: