ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ވާނުވާ” މައްސަލައިގައި ތަހުގީގުގެ މަރުހަލާ ރަނގަޅުކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައިސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

“ވާނުވާ” ބަންދު ނުވަތަ ޝަރީއަތް ނިމޭނެ ދުވަހެއް ނޭނގި ޖަލުގައި ތިބި މީހުންގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި ތަހުގީގު މަރުހަލާގައި އެކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ރައީސް އޮފީހުން ގެންނަ ރައީސްގެ ޖަވާބު ސެގްމެންޓުގައި އާއްމުގެ މީހަކު ވަނީ “ވާނުވާ” ބަންދަކީ ރައީސްގެ އެއް ވައުދުކަމަށް ފާހަގަކޮށްފައެވެ. އަދި އެކަމަކަށް ހައްލެއްގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާކަމަށާއި އެހެންކަމުން އެމަސައްކަތް ކުރިއަށް ދަނީ ކިހިނެއްތޯ ވަނީ ސުވާލުކޮށްފައެވެ.

ވާނުވާ ބަންދުގައި ނުވަތަ ޝަރީއަތް ނިމޭނެ ދުވަހެއް ނޭނގި ޖަލުގައި ތިބި މީހުންގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަކީ މިސަރުކާރުތަކުގެ ރިޔާސީ ވައުދެކެވެ. ރައީސް އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެކަމަށް ހައްލު ގެނައުމަށްޓަކައި ގާނޫނީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށާއި އދި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައްވެސް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށައެވެ. އެހެންކަމުން އެކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 5 ވަނަ ދުވަހު ހޯމް ސެކްޓަރ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ވާނުވާ ނޭނގި އަހަރުތަކެއް ވަންދެން ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުރުމަކީ ދެވޭ އަނިޔާއެއްކަމަށާއި، ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާއި ގުޅިގެން ކުރަމުން ގެންދާކަމަށެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ ވާނުވާ ބަންދުގައި ތިބި ހުރިހާ މީހުންގެ މައްސަލަތައް ބަލައި ރިވިއު ކުރުމަށް ފަހު އޭގެ ތެރެއިން އެއްވެސް މީހަކަށް ލުޔެއް ދެވިދާނެތޯ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ވާނުވާ ބަންދުތަކުގައި އާންމު ގޮތެއްގައި ތިބެނީ ބޮޑެތި ކުށްތަކުގައި ހައްޔަރު ކުރާ މީހުންނަށް ވާއިރު އޭގެތެރޭގައި މާރާމާރީގެ ސީރިއަސް މައްސަލަތަކާއި، މީހަކު މަރާލުމުގެ ކުށުގެ ތުހުމަތާއި، ޖިންސީ ގޯނާގެ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ހިމެނެއެވެ.

ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތައް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ރައީސް މުއިއްޒު ވެސް ގަބޫލު ކުރައްވާ ގޮތުގައި ހުކުމަކާއި ނުލައި އެހާ ދިގު މުއްދަތެއް ބަންދުގައި ތިބުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. މިކަމަށް ހައްލެއް ހޯއްދަވާނެކަމަށާއި، މިހާރު ވެސް އެޓާނީ ޖެނެރަލްގެ އޮފީހާއި ގުޅިގެން ބެއިލްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އެކަން އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ނުގެންދެވޭއިރު، ގާނޫނުގައި ބުނާ ގޮތަށް ބަންދު ރިވިއު ނުކޮށްފި ނަމަ ދެން ވާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން ވާނުވާ ބަންދު ރިވިއުގެ މައްސަލައެއް ދެގޮތަކަށް ހައިކޯޓުގައި ނިމި އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ދިޔައެވެ.

ވާނުވާގެ މައްސަލައާއި މެދު ބައްދަލުވުންތައް ބާއްވައި، ގާނޫނީ ހައްލުތަކާއި މެދު މަޝްވަރާކޮށް އަމަލީ ސިފަ ގެނައުމުގެ ވާހަކަ ދެކެވުނު ނަމަވެސް މިވަގުތާއި ހަމައަށް އެކަނި ވެސް ވާނުވާ ބަންދުގައި ތިބި މީހުންގެ އަދަދު 300 އިން މައްޗަށް އަރައެވެ. ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ކޯޓުގައި މަޑުޖެހިފައިވާއިރު، ޝަރީއަތްތައް މަޑުޖެހި ބަންދުގައި ތިބި ބައެއް މީހުންނަކީ ކުށް ސާބިތުވާ ހާލަތެއްގައި ބަންދުގައި މާ ގިނަ ދުވަސް ހޭދަކޮށްފައި ތިބޭނެ މީހުންނެވެ.

މި މައްސަލައިގައި އެކި ކަންބޮޑުވުންތައް އޮތް އިރު، މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް މުއިއްޒު ވިދާޅުވީ ވާނުވާ ބަންދަށް ނިމުމެއް ގެންނަވާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: