ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން ވަރުގަދަ ކުރުމަށް އިސްލާހު ގެނައުމަކީ މަޖިލީހުގެ ތެރެއިން ކުރެވެން އޮތް ކަމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންޝަން ސްކީމް ވަރުގަދަ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ރައްޔިތުންގެ މަޖިލީހުން ފުރުސަތު ލިބިގެން ކުރެވޭނެ ކަމެއް ކަމަށާއި އެކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ގެންނަ ރައީސްގެ ޖަވާބު ސެގްމެންޓުގައި އާއްމުންގެ މީހަކު ވަނީ ވަޒީފާއިން ވަކިވުމުން ޕެންޝަން ލިބޭނެ ގޮތެއް ޖަމަޖައްސައިދެވޭނެ ގޮތެއް ހޯދައިދިނުމަށް ރައީސް އަރިހުން އެދިފައެވެ. އަދި ވަޒީފާއިން ވަކިވުމަށް ފަހުވެސް އެލާރި އަލުން އަބުރާ ލިބޭނެ ގޮތެއް ނެތްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ރައީސް ވިދާޅުވީ ޕެންޝަން އަކީ ވަކި ގާނޫނެއްގެ ދަށުން ނަންގަވާ އެއްޗެއްކަމަށާއި ސަރުކާރުން އެކަމަށް ބަދަލެއް ގެންނަން ބޭނުންވާނަމަ އެކަން ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެންކަމަށެވެ. ރައީސް ވިދާޅުވީ ޕެންޝަން ސްކީމް ވަރުގަދަކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަމަށާއި އަދި ރައްޔިތުންނަށް އޭގެން އެންމެ ރަނގަޅުގޮތުގައި ހެދުމަކީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކަމަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންކަމަށާއި، އެފަދަ ކަންކަން އިސްލާހުކުރުމަށް މަޖިލީހުން ފުރުސަތު ލިބިގެންދިއުމަކީ ޕެންޝަންގެ ކަންކަން ވަރުގަދަކުރެވޭނެ މަގުފަހިވެގެންދާމެ ކަމެއްކަމަށް ރައިސް ވިދާޅުވިއެވެ.

ޕެންޝަންގެ ފައިސާގެ ބޭނުންހިފޭނެގޮތެއް ނެތުމުން އެ ކަންބޮޑުވުން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ހައްލެއްގެނައުމަށްޓަކައި މަސައްކަތް ކުރަންޖެހޭނީ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: