ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފުލެޓުގައި އައު ލިފްޓު ހަރުކުރުމުން ބަލި މީހުން ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފުލެޓުތަކުގައި ހަރުކުރަނީ ސްޓްރެޗަރ އެރުވޭނެ ވަރުގެ ކެޕޭސިޓީ ހުރި ލިފްޓުތަކެއް ކަމަށާއި ބަލި މީހުން އެރުވުމާއި ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ގެންނަ ރައީސްގެ ޖަވާބު ސެގްމެންޓުގައި އާއްމުގެ މީހަކު ވަނީ ހިޔާފުލެޓުގައި ދިރިއުޅޭ ބަލި މީހުން އުފުލޭނެ ގޮތެއް ނެތް ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން ކުރިއަށް ހަރުކުރަމުން ގެންދާ ލިފްޓުތަކުގައި ބަލި މީހުން އުފުލޭނެ އިންތިޒާމެއް ހަމަޖެހިފައިވޭތޯ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު ހިޔާފުލެޓުތަކުގައި އަލަށް ހަރުކުރަމުންދާ ލިފްޓު ތަކަކީ ސްޓްރެޗަރ ވެސް އެރުވޭނެގޮތަށް އިންތިޒާމު ހަމަޖެހިފައިވާ ލިފްޓުތަކެއް ކަމަށެވެ. އެހެންކަމުން ހިޔާ ފުލެޓުތަކުގެ މަޝްރޫއު ނިމުމުން އެމައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކަށް އިތުރަށް ދެ ލިފްޓު އިތުރުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްފަހު ހިޔާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ވެވަޑައިގެންނެވި ވައުދުތަކާއި އެއްގޮތަށް ހިޔާ ސަރަހައްދުގައި ކަންކަން އިންތިޒާމުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަަމަށެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓު ހެދުމުގެ މަރުހަލާގައި ތެރެއިން ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ހިމަނާފައިވާނެކަމަށެވެ. އެހެންކަމުން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުވާނެކަމަށާއި އެތަނުން އެއް ލިފްޓަކީ ސްޓްރެޗާރ އެރުވޭނެވަރުގެ ބޮޑު ލިފްޓެއްކަމަށް ފާޙަގަކުރެއްވިއެވެ.

ހިޔާ ފުލެޓުތަކުގައި ލިފްޓު ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެޗްޑީސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހިޔާގައި މުޅި ޖުމްލަކޮށް 32 އައު ލިފްޓް ބެހެއްޓިގެންދާނެކަމަށެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ. އަދި މިސައްކަތް އަހަރު ދުވަސްތެރޭގައި ނިމިގެންދާނެ ކަމަށް އެޗްޑީސީން ވަނީ މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: