ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އަވަސް ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކުގެ އިތުރު ލިފްޓު ހަރު ކުރުމުގެ މަސައްކަތް އަވަސް ކުރުމުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިލްސިލާ ގޮތެއްގައި ރައީސް އޮފީހުން ގެންނަ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އާމުންގެ މީހަކުވަނީ ހިޔާ ފްލެޓްތަކުގެ އިތުރު ލިފްޓް ހަރުކޮށް ނިމެނޭ ތާރީހާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރު ކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަަށާއި، އެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުވެސް ކުރެވިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރައީސް ވިދާޅުވީ ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރާއިރު، އޭގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗަރ އެރުވޭ ކަހަލަ ބޮޑު ލިފްޓެއް ކަމަށެވެ.

މިހާރު ކުރެވޭ މަސައްކަތަކީ، ޑިޓެއިލް ޑިޒައިނިންގ މަސައްކަތްތައް އެބަ ކުރިއަށްގެންދާ، އޭޕްރިލް މަހުގެ ތެރޭގައި އެ ފަރާތުން އަމަލީ މަސައްކަތަށް ހިޔާ ފްލެޓް ސަރަހައްދަށް މޮބަލައިޒް ކުރާނެ ކަަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ، އިތުރަށް ބާރު އަޅާނެ ވީހާވެސް އަަވަހަށް އަމަލީ މަސައްކަތަށް ދާން

ރައީސް ވިދާޅުވީ އެ މަސަައްކަތުގެ އެޑްވާންސް ޕޭމެންޓް ސަރުކާރުން ވަރަށް އަވަހަށް ދޭނެ ކަމަށެވެ. އަދި އެގްރީމެންޓްގައި އޮތް އެއް އަހަރު ތެރޭގައި ލިފްޓް ހަރުކޮށް ނިމުމުގެ މަސައްކަތް އެއަށްވުރެ އަވަސް ކުރެވޭތޯ ބާރު އަޅުއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމްކުރުމަށްޓަކައި އެޗްޑީސީން ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެޗްޑީސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހިޔާގައި މުޅި ޖުމްލަކޮށް 32 އައު ލިފްޓް ބެހެއްޓިގެންދާނެކަމަށެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ.

މި މަޝްރޫއުގެ މަސައްކަތް މިހާރު ފެށިފައި ވާއިރު، މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމޭނެކަމަށް އެޗްޑީސީން ވަނީ މައުލޫމާތު ދީފައެވެ. މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ.

ރިޔާސީ އިންތިހާބުގެ ވައުދާއި އެއްގޮތަށް ހިޔާ ސަރަހައްދުގައި ކަންކަން އިންތިޒާމުކޮށްދެއްވާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓު ހެދުމުގެ މަރުހަލާގައި ތެރެއިން ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ހިމަނާފައިވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުވާނެކަމަށާއި އެތަނުން އެއް ލިފްޓަކީ ސްޓްރެޗާރ އެރުވޭނެވަރުގެ ބޮޑު ލިފްޓެއްކަމަށް ފާޙަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: