ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފި!

ރައްޔިތުންގެ މަޖިލިސް ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން...
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އެއްމައްސަލަ ކޮމިޓީއަށް ހުށައަޅައިފައިވަނީ އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. މި މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ އިތުރުން ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގެ އޮފިޝަލުން ހިމެނޭ ޓީމެއް އއ ރަސްދޫގައި ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ކުޑަ ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ދައުރުވީއިރު، ގިނަ ފަރާތްތަކުން އަންނަނީ މި މައްސަލަ ތަހުގީގުކޮށް، އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި މައްސަލައިގައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުންދާކަމަށެވެ.

މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ވަނީ ދެނެގަނެވިފައި ކަމަށާއި އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިންން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: