ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ޖަހާހާ ބެރަކަށް އެޗްއާރްސީއެމްއިން ނަޝާކަށް ނުޖެހޭނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ޖަހާހާ ބެރަކަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނަޝާންކަށް ނުޖެހޭނެކަމަސް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެޗްއާރުސީއެމްގެ މެމްބަރުންނާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމަށް ފަހު ޝިޔާމް ވިދާޅުވީ އެ މުއައްސަސާގެ މެންބަރުން ތިއްބެވީ ސަރުކާރަށް ބިރުންކަމަށެވެ. އެޗްއާރްސީއެމް އޮތީ މިނިވަން މުއައްސަސާއެއްގެ ގޮތުގައިކަމަށާއި ނަމަވެސް އެހެންކަމުން ސަރުކާރުން ޖަހާހާ ބެރަކަށް އެޗްއާރްސީއެމުން ނަޝަށް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ މުއައްސަސާގައި ތިއްބެވީ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވޯޓު ދެއްވައިގެން ހޮވި ފަރާތްތަކެއްކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެއީ ވަކި ސަރުކާރަކުން ވަކި ބަޔަކު ބުނާ ގޮތަށް ކަންތައް ކުރަންޖެހޭ ބަޔެއް ނޫންކަމަށެވެ. އަދި އަމަލު ކުރަން ޖެހޭ ޗާޓަރެއް އެބް އޮތްކަމުގައި ވިދާޅުވިއެވެ.

ޝިޔާމް އަދި މި ބައްދަލުވުމުގައި ބައިވެރިވި ވަޑައިގެން އިދިކޮޅު ކޯލަޝަންގެ އިސް ބޭފުޅުންވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔައީ އެޗްއާރްސީއެމްގެ މެންބަރު ތިއްބެވީ ބިރުންކަމަށެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި ޝިޔާމް ފާހަގަކުރެއްވީ ދާދި ފަހުން ފުލުހުން ކުރެއްވި ތަހުގީގަކާއި ގުޅިގެން އެޗްއާރްސީއެމްއަށް ފާހަގަކުރެވުނު ކަންތަކަށް ރިޔާއަތްކޮށް ނެރުއްވި ބަޔާނެއް ފުލުހުން ރައްދު ދެއްވުންކަމަށެވެ. ފުލުހުންގެ މި ރަށްދާއިއެކު މުޅި ކޮމިޝަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަމުގައި އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހޯދަވައިދެއްވުމަށްޓަކައި ރައްޔިތުންގެ ބައިތުލް މާލުން ފައިސާ ހަރަދު ކުރެވޭ ކޮމިޝަންގައި ހިއްސާވާ ފަރާތްތަކުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ނެރުއްވި ގަރާރާއި މެދު އެބޭފުޅުން ދެކިލައްވާގޮތް ދިވެހި ރައްޔިތުންނަށް ހާމަކުރަން ޖެހޭކަމަށެވެ. ޝިޔާމް ދެން ފާހަގަ ކުރެއްވީ ރައީސްގެ މި ގަރާރާއި ހިލާފުވީކަމަށް ބުނެ ހައްޔަރު ކޮށްފައިވާ ކުރީގެ ހޯރަފުށީ ދައިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ ވާހަކައެވެ.

ޝިޔާމް ސުވާލުއުފެއްދެވީ ލިބިދީފައިވާ ހައްގެއްގެ ވާހަކަދައްކަވަމުން ގެންދިޔަ ބޭފުޅަކު ހައްޔަރު ކުރެއްވުމުން ދެން ރައްކާތެރިކަން ކަށަވަރުވާނީ ކޮން ރައްޔިތަކަށްކަމާއިމެދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: