ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ސާފު އިރުޝާދު ދިނިން، ޕީއެންއެފްގެ ހަރަކާތް ހުއްޓުވި މައްސަލައިގެ ތަހުގީގަށްފަހު ފިޔަވަޅު އަޅާނަން: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންއެފް ޖަލްސާއަށް ފުލުހުންގެ މުއައްސަސާއިން ހުރަސް އެޅީ އެފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުންގެ މުއައްސަސާއަށް ސާފު އިރުޝާދުތަކެއް ދެއްވާފައިވަނިކޮށްކަމަށާއި އެހެންކަމުން މައްސަލައިގެ ތަހުގީގުތައް ކުރުމަށްފަހު ފިޔަވަޅު އަޅުއްވާނެކަމަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އުފެއްދުމުގެ ގޮތުން ބޭއްވުމަށް މަސައްކަތްކުރި ޖަލްސާއަށް ފުލުހުންގެ މުއައްސަސާއިން ހުރަސްއެޅުމާއިއެކު، އެ ޕާޓީންނާއި އާންމުންގެ ގިނަ ބަޔަކުވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އީދު ދުވަހުގެ މުނާސަބާ ފާހަގަކުރެއްވުމުގެ ގޮތުން މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް މުއިއްޒުވަނީ އެ މައްސަލައަށް އަލިއަޅުއްވާފައެވެ.

ރައީސް ވިދާޅުވީ، ވެރިކަމަށް ކުރިމަތިލި ސަބަބާއި ރައްޔިތުންނަށް ވެފައިވާ ވައުދަކީވެސް ގައުމުގައި ހަމަޖެހުން ގާއިމުކުރެއްވުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދާއި ހަމައަޡށްވެސް ދައްކަވަމުން އައިސްފައިވަނީ އެ ވާހަކަކަކަމަށާއި ދާދި ފަހުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައިވެސް އެ މައުޟޫއާއިމެދު ވާހަކަދެއްކެވިކަމަށެވެ. އެގޮތުން ކުރީގައި ފެނިފައިވާ ގޮތަށް ބަދަލުހިފުމުގެ ރޫހު މި ސަރުކާރުން ނުގެންގުޅޭނެކަން ފާހަގަކުރައްވާފައިވާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ހިޔާލެއް ފާޅުކޮށްގެން އެއްވެސް މީހަކަށް ދޭނެ އަދަބެއް ނޯންނާނެ ވާހަކަވެސް ހިއްސާކުރެއްވިކަމަށާއި ފުލުހުންގެ އިދާރާއަށް އެފަދަ ކަމެއްގައި ގެންދިއުން ފަދަ އަމަލެއް ރާއްޖޭގައި ނުހިނގާނެ ވާހަކަވެސް ދެއްކެވިކަމަށެވެ. އެހެންކަމުން ޕީއެންއެފް އުފެއްދުމަށް ޖަލްސާ ބޭއްވުމަށް މަސައްކަތްކުރި ވަގުތު ހިނގައިދިޔަ ކަންކަމާއިމެދު ވަރަށް ހިތާމަކުރައްވާކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދާދި ފަހުން އެމަނިކުފާނު ފުލުހުންނާއި ބައްދަލުކުރެއްވިކަމަށެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މީހަކަށް އުނދަގުލެއް ޖެއްސުމާއި ގޯނާއެއް ކުރުން ފަދަ އަމަލެއް ހިންގުމަށް އެމަނިކުފާނުގެ ފަރާތުން އެއްވެސް އިންސްޓްރަކްޝަނެއް ނާންނާނެ ވާހަކަ ސާފުކޮށް ދެންނެވިކަމަށާއި މީގެ ކުރިންވެސް އެ ވާހަކަ ދައްކަވާފައިވާއިރު ކޮމިޝަނަރގެ އިތުރުން ހޯމް މިނިސްޓަރާއި އެކުވެސް އެ މައުޟޫއާއިމެދު މަޝްވަރާކުރެއްވިފައިވާކަން ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އެއްވެސް ލެވަލްއަކުންވެސް އެފަދަ އިރުޝާދެއް ނާންނާނެކަމުގެ ޔަގީންކަން ފުލުހުންނަށް ދެއްވިކަމަށާއި އެފަދަ އަމަލެއް ހިންގައިފި މީހަކާއިމެދު ހުދު އެމަނިކުފާނު ފިޔަވަޅު އަޅުއްވާނެކަމަށްވެސް ދެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިން އަމަލުކުރަމުން އައި އުސޫލުތަކާއި މަސައްކަތްކުރަމުން އައި ގޮތް ދޫކޮށް މިނިވަންކަމާއިއެކު ޕްރޮފެޝަނަލީ މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރެއްވިކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މުޅި ސިޔާސަތަކީވެސް އެއީކަމަށްވާއިރު އެއްވެސް ސަބަބެއް ނެތި އެސްއޯ ފުލުހުން މީގެ ކުރިން އަމަލުކޮށްފައިވާގޮތުގެ މަތިން ގޮސް ރައްޔިތުންނަށް އަނިޔާކޮށް ހިފާ ހައްޔަރުކުރާ މަންޒަރު އެއްގޮތަކަށްވެސް ދެކިވަޑައިގަތުމަށް ބޭނުން ނުވާކަންވެސް ސާފުކޮށް ދަންނަވާފައިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ހިޔާލެއް ފާޅުކުރުމުން ފުލުހުންގެ ޕިކަޕުތަކަށާއި ވެހިކަލްތަކަށް އަޅާލައިގެން ގެންދަނީކަމަށެވެ.

އެހެންނަމަވެސް އެއީ ރާއްޖޭގައި އޮންނަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުނުކުރައްވާކަމަށާއި އެމަނިކުފާނު ވިދާޅުވާ ހަމަޖެހުން ގެނައުމުގެ މާނައަކީވެސް އެއީކަމަށް ފާޙަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، “ކްލިއަރ އިންޓްރަކްޝަން ދީފައި” ހުންނާނެކަމަށާއި ކޫއްޑޫގައި މަސްވެރިން ހައްގުތައް ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުސަތު އޮތްކަމުގެ ޕްރެޝަރުތައް އިންޓަރނަލީ އައިއިރުވެސް އެމަނިކުފާނުވާނީ އެސްއޯ ފުލުހުން ނުފޮނުވާ ހިފަހައްޓަވާފައިކަމަށް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެކަން އެގޮތުގެ މަތިން ކުރެއްވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތްކަމަށްވުމުންކަމަށެވެ.

ރައީސް ވިދާޅުވީ، އިސްވެ ދެންނެވި ގޮތަށް ކަން އޮތްއިރު، ޕީއެންއެފް އުފެއްދުމުގެ ޖަލްސާގެ ތެރެއިން ކަން ހިންގައިދިޔައީ ގޯސްކޮށްކަމަށެވެ. އަދި އެކަން ހިނގައިދިޔައީ އެއްގޮކަށްވެސް އެސްއޯ ފުލުހުން ފޮނުވައިގެން ނުވާނެކަމުގެ “ކްލިއަރ އިންސްޓްރަކްޝަންސް” ދެއްވާފައިވަނިކޮށްކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އެހިސާބަށް ކަން ގޯސްވުމުން އެމަނިކުފާނަށް އެނގޭނެކަމަށްވެސް ދަންނަވާފައިވާނެކަމަށާއި އެފަދަ ހާލަތެއްގައި އެމަނިކުފާނު އިރުޝާދު ދެއްވާނެކަމަށްވެސް ހިއްސާކުރެއްވިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ މީސް މީހުންގެ މުދަލަށް ގެއްލުން ދިނުމާއި ތަންތަނުގައި ހުޅުޖެހުން އަދި މީހުންނަށް އަނިޔާކުރުމާއި މިސްކިތެއް ފަދަ ތަނަކަށް ގެއްލުން ދިނުން ފަދަ އަމަލެއް ހިންގަމުންދާ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް ކަމަށެވެ. ރައީސް ވިދާޅުވީ، އެހިސާބަށް ދިއުމުން އެންމެނަށްވެސް އެނގޭނެކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ކަންކަން އެ ހިސާބަށް ގޯސްވެގެން ނުދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި މައްސަލަ ދިމާވެގެން އުޅޭކަން އެނގިވަޑައިގަތުމުން ހައްލުކުރެއްވުމަށް މަސައްކަތްކުރެއްވިކަމަށެވެ. އެގޮތުން ޕީއެންއެފްއަށް ސޯޝަލްސެންޓަރު ދިނުމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ގާތުގައި ދެންނެވިކަމަށާއި އެ ޕާޓީގެ އިސްވެރިންނަށް އެ މައުލޫމާތު ދެއްވުމަށް ވަގުތުން ގުޅުއްވުމަށް މިނިސްޓަރަށް އިރުޝާދު ދެއްވިކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެތަން ވަގުތުން ލިބެން އޮތް ވާހަކަ ހިއްސާކުރެއްވުމަށްވެސް އެދިވަޑައިގެންނެވިކަމަށާއި އެތަން ޕީއެންއެފްއަށް ފައިސާ ނުނަގާ ދިނުމަށްވެސް އެދިވަޑައިގެންނެވިކަމަށާއި މިނިސްޓަރު އެ ޕާޓީގައި އިސްކޮށް ހުންނަވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުއަށް ގުޅުއްވިކަމަށެވެ.

ރައީސް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާންއާއިވެސް ވާހަކަދެއްކެވިކަމަށެވެ. އަދި ކަން ހިނގައިދިޔަ ގޮތުގެ ތަހުގީގުތައް ކުރައްވަން ބޭނުންވާކަމަށާއި އެސްއޯ ނޫން އެހެން ޑިޕާޓުމެންޓެއްގެ ފުލުހަކުވެސް އިތުރަށް އެ ޕާޓީގެ ހަރަކާތް އޮތް ސަރަހައްދުގައިވެސް ތިބުމަށް ނޭދޭ ވާހަކަ ދެންނެވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހިނގައިދިޔައީ އެމަނިކުފާނު ވަރަށް ދެކޮޅު ކަމެއްކަމަށާއި އެފަދަ ކަންކަން ރާއްޖޭގައި ހިނގުމަށް ނޭދޭކަމަށް ވިދާޅުވިއެވެ. ބޭނުންވެވަޑައިގަންނަވަނީ ފުލުހުންގެ މުއައްސަސާގެ މައްޗަށް ރައްޔިތުންގެ ތެރޭގައި އިތުބާރު އާލާކުރުމަށާއި ކުރިން އޮތް ލޭބަލް ނައްތާލުމަށްކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކޮށް ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާ ބަޔަކަށް ވާން ބޭނުން ނުވާކަން ސާފުކޮށް ހިއްސާކުރައްވާފައިވާނެކަމަށެވެ.

ރައީސް ވިދާޅުވީ، އެސްއޯ ފުލުހުން ބޭނުންކުރަން ބޭނުން ނުވާ ވާހަކަ ސާފުކޮށް ދަންނަވާފައިވާނެކަމަށެވެ. އެހެންކަމުން އިންވެސްޓިގޭޝަން ރިޕޯޓު ހޯއްދެވުމަށްފަހު އަޅަން ޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށާއި ސަރުކާރަށްވެސް އިތުބާރު އަނބުރާ ގެނައުމަށް ބޭނުންވެވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: