ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސަރުކާރަށްފަހު ސަރުކާރަށް ޖެހުނީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށްޖަހަން: ހީނާ

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޖެހިވަޑައިގަތީ އަނދަވަޅަކަށް ވެއްޓިފައިވާ ރާއްޖޭ އިގްތިސާދު އަލުންނަގާ ކޮޅަށްޖަހަން ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ގައުމުގެ އިގްތިސޯދު އެމްޑީޕީގެ ވެރިކަމަށްފަހު އޮތީ އަނދަވަޅެއްގައި ކަމަށެވެ. ހީނާ ވިދާޅުވީ ޕެންނަމުންދާ މަންޒަރަކީ އެކި މަޝްރޫއުތައް ހުއްޓިފައިވާ މަންޒަރުކަމަށާއި ރިޔާސީ ކެމްޕެއިންގެ ތެރޭގައިވެސް އެކަން ފެނިގެންދިޔަ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ރައްޔިތުން އެޝަކުވާ ކުރިކަމަށް ހީނާ ވިދާޅުވިއެވެ.

“ކުރީގެ ފޮރިން މިނިސްޓަރ އަދި މީހަރުގެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަކީ ބައިނަލްއަގުވާމީ ގޮތުން ހަމަ ވަރަށް މޮޅު ޕިލޮޓީޝިއަންއެއް. އެމްނިކުފާނު ހަމަ ޕްރޮޖެކްޓުތައް ހުއްޓިފައޭ އެއްވެސް ކަމެއް ނުކުރެވެއޭ މިހެންގޮސް މިކަހަލަ ވާހަކަތައް ޕޯޑިއަމްތަކަށް އަރާ ދައްކަވާއިރު ހަގީގަތުގައި ނިތައްކުރިއަށް ހަމަ ރުލެއްވެސް އަރުވާ ނުލައްވާ އެދައްކަވަނީ. އަޅުގަނޑު ހަމަ ހިތައް އަރާ އެއީ ކޮން ކަމެއް ހާސިލްކުރަން ތޯއޭ”

ހީނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މަޝްރޫއުތައް ހުއްޓިފައިވާކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. މަޝްރޫއުތައް ކުރިއަށް ނުދާކަމުގެ ޝަކުވާއާއިއެކު ރައީސް ޑރ.މުއިއްޒު އެކަމުގެ ރައްދު، ހިސާބު ނަންބަރުތަކުން ދެއްވާފައިވާކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާނުލާނެ ކަމަށާއި އަދި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: