ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޓި ޑިފެކްޝަން ބިލު ސަރުކާރުން ތަސްދީގު ނުކުރާނެކަމަށް ބުނެ އިދިކޮޅުން ފެތުރީ ދޮގު: ހީނާ

މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ޑީފެކްޝަން ބިލް ތަސްދީގު ނުކުރައްވާނެ ކަމަށް ވިދާޅުވެ އިދިކޮޅުފަރާތް ތަކުން ހަދަމުން ދިޔައީ ދޮގު ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލިދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީގެ އިސް ވެރިން ރައްޔިތުންނަށް ފަތުރަމުންދިޔައީ ދޮގު ވާޙަކަ ކަމަށާއި އެހެންނަމަވެސް މިއަދު ރައީސް ވަނީ އެބޭފުޅުން ތަސްދީގު ނުކުރައްވާނެ ކަމަށް ވިދާޅުވި ބިލް ތަސްދީގު ކުރައްވާފައި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ހީނާ އެމްޑީޕީއަށް ގޮވާލީ، އެންޓި ކެމްޕެއިން ކުރުމުގެ ބަދަލުގައި އެ ޕާޓީން އަމިއްލަ ސިޔާސަތުތައް ވިއްކައި މެނިފެސްޓޯ ރައްޔިތުންނަށް ގެނެސްދިނުމަށެވެ. ހީނާ ވިދާޅުވީ ޕާޓީތަކުގެ ސިޔާސަތުތަކަށް ވާން ޖެހޭނީ ރައްޔިތުންނަށް ދަތިވާކަންކަން ހައްލު ކުރުންކަމަށާއި، އެކަމަކު އެމްޑީޕީގެ ބަސް މަގު ހުރި ގޮތުން އެބޭފުޅުންގެ އަމަލުތައް ހުރީ އެއާއި އިދިކޮޅަށްކަން ސާފުވާކަމަށެވެ.

ރައްޔިތުންނަށް ހެޔޮ ވެރިކަމެއްކޮށް ދިންކަމަށް އެމްޑީޕީން ބުނާއިރު، ހީނާ ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ވެސް ނިމިފައި ހުރި ކިންގް ސަލްމާން މިސްކިތް ނުހުޅުވައި ދައުރެއް އެއްކޮށް ނިންމާލީ އެމްޑީޕީކަމަށެވެ. އަދި މިސްކިތް ނަމާދު ކުރުމަށް ބޭނުން ނުކޮށް އެތައް ދުވަހެއް ވަންދެން ހިފެހެއްޓީ ކީއްވެގެން ތޯ ހީނާ ވަނީ ސުވާލު އުފައްދާފަ އެވެ.

ހީނާ ވިދާޅުވިގޮތުގައި މިދިޔަ ފަސް އަހަރު އެމްޑީޕީން އެންމެ ބޮޑަށް އިހުމާލުވީ، އިސްލާމް ދީނާއި ގުޅުން ހުރި ކަންކަމުގަ އެވެ. ދީނަށް އިހާނެތިކޮށް ހަދައި، ރަސޫލާއަށް ފުރައްސާރަ ކުރި އެތައް މައްސަލައެއް ފެންމަތިވެގެން އައިރު ވެސް އޭގެއިން އެއްވެސް މައްސަލައަކަށް އެޅުނު ފިޔަވަޅެއް ނެތްކަމަށް ހީނާ ވިދާޅުވި އެވެ. ސަރުކާރުން ދީނާއި މެދު ގެންގުޅުނު ސިޔާސަތުތައް ފަސް އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ރައްޔިތުންނަށް ފެނުނުކަމަށް އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ މި ފަދަ އެތައް ކަމެއް ވެގެން ދިޔައިރުވެސް ސަރުކާރުގެ ތެރެއިން މިކަންކަމަށް ފިޔަވަޅު ނޭޅި ގޮސްފައިވާ ކަމަށާއި އެހެންކަމުން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ދޭންޖެހެނީ ކޮން ސަބަބަކާތޯ މިއީ ރައްޔިތުންވެސް ސުވާލު އުފައްދަންޖެހޭ ކަމެއް ކަމަށެވެ.

މި ބޭފުޅުންނަށް މިސްރާބު ހަަމަމަގަށް އެޅުވޭނީ ކޮންސަބަބަކާއި ލައިގެންތޯ މިއީ ސުވާލު ރައްޔިތުން ސުވާލު އުފައްދަން ޖެހޭ ކަމެއް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ވަރަށްގިނަ ކަންކަން ބޭނުންވެގެން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު މެނިފެސްޓޯއެއް އެބަ އޮތް. ދިވެހިރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފަ

ރައީސް ކުރައްވަން ބޭނުންވާ ކަންކަމުގެ ތެރޭގައި އިސްލާމް ދީން ކުރިއެރުވުމާއި، އިސްލާމް ދީނަށް ގަދަރު ލިބިގެންދާނެ އެތައް ކަމެއް މަގުފަހިވެގެންދާފަދަ އެތައް ކަމެއް އެމަނިކުފާނުގެ މެނިފެސްޓޯގައި ހުރި ކަމަށް ރައިސް ވިދާޅުވިއެވެ. ޒަކާތާއި ބެހޭ ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ބޭނުންފުޅުވާކަމަށް ރައިސް ވިދާޅުވިއެވެ.

ފަތުވާ ކައުންސިލަށް މިހާރަށްވުރެވެސް މަތީ ހައިސިއްޔަތެއް ދެވޭތޯ މަސައްކަތް ކުރައްވާ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮވެ އިސްލާމް ދީނަށް ކުޑައިމީސްކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: