ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރެއް ނުކުރަން: ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރުކޮށްފައިނުވާނެކަމަށް މަޖިލީހުގެ ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ވެރިކަމުގެ ދައުރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައި ގެއްލުން ނުވާނެ ގޮތަށް ނަގާފައިވާ ލޯނުތަކުން ކޮށްފައިވާ ރަނގަޅު މަސައްކަތްތަކެއް ހުރިކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް އެކަމުގެ ހެކިތައް ފެންނަން ހުރިކަމަށާއި އެ ދައުރުގައި އެއަރޕޯޓެއް ތަރައްގީކުރުމުގެ އިތުރުން ބޮޑު ހޮސްޕިޓަލެއް ބިނާކޮށް ނިންމުމާއި ބުރިޖެއް އެޅުމުގެ މަސައްކަތްތައްވެސް ކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް 2018 އިން 2023 ގެ ދެމެދު ނަގާފައިވާ ލޯނުތަކުން ދަރަނީގެ އަދަދުތައް 120 ބިލިއަނަށް އަރާފައިވާއިރު ކުރިކަމެއް ފެންނަން ނެތްކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ އަދަދުން ދަރަނި ހުރިކަން ކުރިންވެސް އެނގެން އޮތް އިރު ވެރިކަމަށް އައިސް ކަންކަން ބަލާލުމުން ކުންފުނިތައްވެސް ދަރާފައި ހުރިކަން އެނގިގެންދިޔަކަމަށާއި ނިމިދިޔަ ދައުރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 1400 އަށްވުރެ އިތުރުކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރުކޮށްފައިނުވާނެނަކަމަށެވެ. އޭނާ ވިދާޅުވި، 700 އަށް މިހާތަނަށް އަރާފައިނުވާނެކަމަށާއި ސަރުކާރުން މަސައްކަތްކުރަމުންދަނީ މިހާރަށްވުރެވެސް ސިޔާސީ މަގާމުތަކުގެ އަދަދުތައް މަދުކުރުމަށްކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިހާރު މަސައްކަތްކުރައްވަމުންދަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރާއި ގުޅޭގޮތުން ފޮތެއް ލިޔެ ނެރުއްވުމަށްކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ކުރައްވަންވީ ފޮތެއް ނެރުއްވުމުގެ މަސައްކަތްތައް ނޫންކަމަށާއި ބިނާކުރަންވީ ދާރުލް އާސާރެއްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ އިތުރު ފަރާތަކުންވެސް ރާއްޖޭގެ ވެރިކަމަށް އައުމުގެ ބިރު އޮތްކަމަށާއި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ދަރަނި މެނޭޖުކުރުމުގެ ބިލު މުހިންމުވެގެން އަންނަނީ އެ ސަބަބުތަކާއި ގުޅިގެންކަމަށްވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: