ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި މުއައްސަސާތަކުން ކުނި ނަގައި އުކައިލުމުގެ ޚިދުމަތްދޭ ވަގުތަށް ވެމްކޯއިން ބަދަލެއް ގެނެސްފި

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި. ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރި މުއައްސަސާތަކުން ކުނި ނަގައި އުކައިލުމުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތަށް ބަދަލެއް ގެނެސްފިއެވެ.

މިކަމާއި ގުޅިގެން ވެމްކޯއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއުގެ ހާލަތަށް ރިޢާޔަތްކުރުމަށްފަހު އެ ކޯޕަރޭޝަނުން ވިޔަފާރި މުއައްސަސާތަކުން ކުނި ނަގައި އުކައިލުމުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

މި ގޮތުން މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ވިޔަފާރި މުއައްސަސާތަކުން ކުނި ނަގައި އުކައިލުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 19:00 އިން ފެށިގެން 21:30 އަށްކަމަށް ވެމްކޯއިން ބުނެއެވެ.

އެހެންކަމުން ވެމްކޯއިން ވަނީ މި ވަގުތުތަކުގައި ރައްކާތެރިކަމާއެކު ކުނި ބަންދުކޮށް ކުނި ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައެވެ. އަދި ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ކުނި ނެގުމުގެ ޚިދުމަތްދިނުން ކުރިއަށް ނުގެންދާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ވިޔަފާރި މުއައްސަސާތަކުން ކުނި ނަގައި އުކައިލުމުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތަށް ބަދަލެއް ގެނެސްފައިވާއިރު ވެމްކޯއިން ވަނީ ގޭބސީތަކުގެ ކުނި ނެގުމުގެ ޚިދުމަތްދިނުމަށް ޖޫންމަހުގެ 15 ވަނަ ދުވަހު އެ ކޯޕަރޭޝަނުން ކަނޑައެޅި އުސޫލުތަކާއި އެއްގޮތަށް ކުނި ނެގުމުގެ ޚިދުމަތްތައް އޯގަސްޓު 01 ވަނަ ހަމަވުމާއެކު އެ އުސޫލުތައް އަލުން ދަމަހައްޓާފައެވެ.

މި ގޮތުން އޭރު ވެމްކޯއިން ކަނޑައެޅި އުސޫލުތަކަށް ބަލާއިރު ގޭބީސީތަކުން ކުނި ނަގާނީ ޢިމާރާތުގެ ބޭރުން ދޮރުމަތިންކަމަށް ވެމްކޯއިން ބުނެއެވެ. މީގެ އިތުރުނ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން މެންދުރުފަހު 14:00 އަށްކަމަށެވެ. އަދި ޢިމާރާތުގެ އެންމެތިރިން ކުނިނެގޭނެ ފަދަ އިންތިޒާމެއް ދުރާލާ ހަމަޖެހިފައިވާ ގޭބީސީއެއްނަމަ އެ ދުވަހެއްގެ ހަވީރު 18:00 އާއި ހަމައަށް ޢިމާރާތަށް ވަދެނިކުމެ ހެދޭނެގޮތަށް އިންތިޒާމުކުރަން ވެސް ވެމްކޯއިން ބުނެފައިވެއެވެ. ހަމައެއާއެކު ޢިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކަށް އެ ކޯޕަރޭޝަންގެ މުވައްޒަފުން ވަދެ ކުނިނުނަގާނެކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: