ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ވަނީ މި ސަރުކާރުގެ ފުއްޕާމޭގައި ހިފާފައި!

އ.ދ ގެ ޚާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ފުއްޕާމޭގައި ކޮރަޕްޝަން ހިފާފައިވާ ކަމަށާއި އަދި މި ސަރުކާރު ވެންޓިލޭޓަރަކަށް ލާންޖެހޭ ކަމަށް ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އ.ދ ގެ ޚާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ކުރީގައި ރާއްޖޭގެ ފޮރިންގް މިނިސްޓަރު ކަންވެސް ކުރެއްވި ޑރ. ޝަހީދު މި ސަރުކާރު ގެނައުމަށް ތާއީދު ކުރެއްވި ބޭފުޅެއް ނަމަވެސް، ފަހަކަށް އައިސް އޭނާ ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވެ ކުރެެއްވި ޓުވީޓެއްގައި ވަނީ މިހާރު މި ސަރުކާރުގެ ކޮރަޕްޝަން ހުރީ ” ފުޅާކޮށް ފެތުރި އަދި ފޫއްޕާމޭގައި ހިފާފައި ” ކަމަށެވެ.

އަޅުގަނޑަށް ހީވަނީ މިސަރުކާރު ވެސް ދެން ވެންޓިލޭޓަރަކަށް ލާން ވެއްޖެހެން. ކޮރަޕްޝަން ހުރީ ވަރަށް ފުޅާކޮށް ފެތުރި އަދި ފުއްޕާ މޭގައި ހިފާފައި ” ޑރ. ޝަހީދު

ކޯވިޑް19 އާއި ގުޅިގެން ވެންޓިލޭޓަރު ތަކާއި އެހެނިހެން ސާމާނު ހޯދުމުގައި ކުރެވުނު ޚަަރަދު ތަކާއި ކަންކުރި ގޮތް ބެލުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ރިޕޯރޓުން މަކަރާއި ހީލަތާއި އަދި ބޮޑެތި އޮޅުވާލުންތަކެއް ވާކަން ވަނީ ހާމަކުރެވިފައެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯރޓުން ހާމަވާ އެންމެ ބޮޑު ކަމަކީ ކޯވިޑާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގްއާ ހަވާލު ކުރުމުގައި ބޮޑެތި އޮޅުވާލުން ތަކެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. އަދި މިހާރު އެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވަނީ ފުލުހުންނާއި އޭސީސީއަށް އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: