ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެޓް ރިކަވާ ކުރެވޭނެ ޖާގަ ގާނޫނުގައި އެބަ އޮތް: އޭސީސީ

ށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގާނޫނުގައި އެސްޓް ރިކަވާ ކުރެވޭނެ ޖާގަ އެބައޮތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

“އެސެޓް ރިކަވަރ ކުރުމުގެ ގާނޫނީ ނިޒާމު” ގާއިމްކުރުމަށް އޭސީސީން އިސްނަގައިގެން ފެށި މަސައްކަތު ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، ކޮރަޕްޝަންގެ ކުށުގެ ސަބަބުން ދައުލަތުން ގެއްލިގެންދާ ފައިސާގެ އަދަދު ވަރަށް ބޮޑުކަމަށާއި އޭގެ ބަދަލުގައި އެއީ ކޮންމެސް ތަރައްގީގެ މަޝްރޫއުއަކަށް ބޭނުން ކުރެވެން އޮތް ފައިސާކަމަށެވެ. މިކަމުން ދޭހަ ވެގެން ދަނީ ކޮރަޕްޝަންގެ ބޮޑުކަން ކަމަށް ޝާމިލް ފާހަގަކުރެއްވިއެވެ.

“ކޮރަޕްޝަންގެ އަމަލުގެ ސަބަބުން ގެއްލިގެންދަނީ ރައްޔިތުންގެ އުފަލާއި، ހިތްހަމަ ޖެހުމާއި ތަރައްގީ އޭގެން ހޯދައިދޭން ކަނޑައަޅާ ފައިސާ”

ޝާމިލް ވިދާޅުވީ އޮތީ އެންމެ އިހްތިޔާރެއްކަމަށާއި އެއީ ރައްޔިތުންނަށްޓަކައި މަސައްކަތްކޮށް ރައްޔިތުންގެ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައި ދިނުމުގެ އިހުތިޔާރުކަމަށެވެ. އެބޭފުޅުންގެ ގައިގައި ހުރި ކެރުންތެރިކަމާއި ގާބިލިއްޔަތު ބޭނުންކޮށް އެ ފައިސާ އަނބުރާ ދައުލަތަށް ހޯދައިދޭން ކުރަންޖެހޭ މަސައްކަތް އިހުލާސްތެރިކަމާއިއެކު ކުރުމުގެ އިހުތިޔާރުކަމަށެވެ.

ޝާމިލް ވިދާޅުވީ ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ދައުލަތަަށް ގެއްލޭ ފައިސާ ހޯދުމުގެ ވާހަކަ ދެކެވޭއިރު، މިކަމަށް މަސައްކަތްކުރެވޭނެ ޖާގަ ރާއްޖޭގެ ގާނުނުގައި އެބަ އޮތްކަމަށެވެ. ބައެއް ގާނޫނުތަކުގައި އާއި އެކިއެކި އިޖުރާއަތްތަކުގައި އެކަން ލިޔެވިފައި އެބަހުރިކަމަށެވެ. ޝާމިލް ވިދާޅުވީ މި ފުރުސަތު ގާނޫނުގައި އޮތް ނަމަވެސް އެކަށީގެންވާ ނަތީޖާއަކާއި ހަމައަށް ވާސިލްވެވިފައި ނުވާކަމަށެވެ.

ގާނޫނުތަކާއި އިޖުރާއަތްތަށް އެބަހުރިކަމަށް ވިދާޅުވި ނަމަވެސް އެކަށީގެންވާ ނަތީޖާއަކާއި ހަމައަށް ވާސިލްވެވިފައިނުވާ ސަބަބެއްކަމަށް ޝާމިލް ފާހަގަކުރެއްވީ މިހާރު އޮތް ގާނޫނީ އޮނިގަނޑުގައި މިކަމަށް ވަށާޖެހޭ އިޖުރާއަތްތައް ލިއެވިފައި ނެތުމެވެ. އަދި މިކަމުގެ މަސްލަހަތު ހިމެނޭ މުއައްސަސާތަކުން މި މަސައްކަތްކުރުމުގައި ހުރި ޒަމާނީ ވަސީލަތްތަކާއިއެކު މަސައްކަތް ނުކުރެވުންވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: